ސެންޓަރުގެ ތަޢާރަފް

         ކޮމިއުނިޓީ ސަރވިސް ސެންޓަރަކީ މަސްތުވާތަކެތި ބޭނުންކުރާމީހާ މުޖުތަމަޢުއަށް ދޫކޮށްލާފައި ބަހައްޓާފައި ހުންނަ ހުރުމުގައި މަސްތުވާތަކެތި ބޭނުންނުކޮށް ހުރުމަށް ދިމާވާ އުނދަގޫތަކާއި ގޮންޖެހުންތަކަށް އެހީތެރިވެދިނުން އަސާސަކަން ބަލައިގެން ފަރުމާ ކުރެވިފައިވާ ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ.

ސެންޓަރުން ފަރުވާދޭނެ ފަރާތްތައް

މި ސެންޓަރުގައި ފަރުވާދޭނީ އަންނަނިވި ފަރާތްތަކަށެވެ.
1.     ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން މި ސެންޓަރުގައި ފަރުވާހޯދުމަށް ކަނޑައެޅޭ ފަރާތްތައް؛
2.     މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 14 ވަނަ ބާބުގެ ދަށުން އެދިގެން ފަރުވާއަށް އަންނަ ފަރާތްތައް؛ އަދި  
3.     އެހެން ޤާނޫނެއްގެ ދަށުން، ކުށްވެރިން އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުން ނޭޝަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޝަރުޠުކުރެވޭ މީހުންގެ ތެރެއިން މި ސެންޓަރުގެ ފަރުވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ކަނޑައެޅޭ ފަރާތްތައް.

ސެންޓަރުގެ ކޮންޓެކްޓް މައުލޫމާތު

އީމެއިލް :

csc@nda.gov.mv

ފޯން ނަންބަރު :

3331060

މޯބައިލް ނަންބަރު (ހޮޓްލައިން ބޭނުންކުރާނަމަ) :

 1410 

ސެންޓަރުގެ ލޮކޭޝަން

ގ.ގްރީންގެ،ކ.މާލެ