ސެންޓަރުގެ ތަޢާރަފް

     މި ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މަސްތުވާ ތަކެއްޗާއި ނުލައި ދިރިއުޅޭނޭ ސާދާ ސީދާ ދިރިއުޅުމެއް ދަސްކޮށްދީ މުޖްތަމައު ޤަބޫލުކުރާ ބަޔަކަށް އެމީހުން ހަދާ، ޒުވާނުން މިކަމުގެ ތެރެއަށް ވަންނަ އަދަދު މަދުކުރެވޭނެ ގޮތްތަކެއް ރާވާ ހިންގުމަށް ނޭޝަނަލް ޑްރަގް އެޖެންސީ ފަރާތުން ހދ.ހަނިމާދޫ ގައި  31 މާރިޗު 2019 އިން ފެށިގެން ހިންގަމުންދާ ސެންޓަރެކެވެ.އަދި މި މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް މަރުކަޒުގައި ބަންދުގައި ބަހައްޓައިގެން، އޭނާއަށް އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ މަރުކަޒެކެވެ.

ސެންޓަރުގެ ތާރީޚް

      ޑްރަގް  ޑިޓޮކްސިފިކޭޝަން  އެންޑް ކޮމިއުނިޓީ  ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަޤްސަދުގައި، 2019 ވަނަ އަހަރު، މާރިޗް މަހުގެ 31 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ފަރާތުން ހުޅުއްވާ ދެއްވާފައިވާ ސެންޓަރެކެވެ.

ސެންޓަރުގެ ކޮންޓެކްޓް މައުލޫމާތު

އީމެއިލް :

ddcrc.hanimaadhoo@nda.gov.mv

ފޯން ނަންބަރު :

3312018

ސެންޓަރުގެ ލޮކޭޝަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ހދ.ހަނިމާދޫ ،ފީރޯޒް ވިލާ