މިމަރުކަޒަކީ 4 ފެބްރުވަރީ 2021 ވަނަ ދުވަހު މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން އެމީހުންނަށް ބޭނުންވާ އަސާސީ ފަރުވާދިނުމަށް ކ. ގުޅީފަޅުގައި ޤާއިމްކުރެވިފައިވާ މަރުކަޒެކެވެ. މަރުކަޒަށް ގެނެވޭ ފަރާތަކުގެ ތެރެއިން "މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު" ގައި ކަނޑައަޅާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކަށް ޕޮޒިޓިވްވާ މީހުންގެ ހަށިގަނޑުން ވިހަ ފިލުވުމަށް ބޭނުންވާ ޑިޓޮކްސިފިކޭޝަން ފަރުވާގެ "ވިތްޑްރޯވަލް މެނޭޖްމަންޓް" މި ސެންޓަރުން ފޯރުކޮށްދެއެވެ. އަދި 2022 ނޮވެމްބަރު 24 ވަނަ ދުވަހުން ފެށިގެން ސެންޓްރަލް ޑިޓޮކްސިފިކޭޝަން ފަރުވާ އިތުރު ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށްވަނީ ފެށިފައެވެ.