ހުރިހާ މަރުކަޒުތަކަށް

ވިލިނގިލި

އައުޓްޕޭޝަންޓް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ދަގެނާ (ގއ.ވިލިނގިލި)

ގއ.ވިލިނގިލީގައި ހިންގާ، މި ސަރަޙައްދުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެ ފަރާތްތަކާއި އެމީހުންގެ ޢާއިލާތަކާއި މުޖުތަމަޢަށް އެހީތެރިވެދޭ އައުޓްޕޭޝަންޓް ކޮމިއުނިޓީ ރިހެބިލިޓޭޝަން މަރުކަޒެކެވެ.

މި މަރުކަޒާ ބެހޭ

ޤާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، މި ސަރަޙައްދުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މަސްތުވާތަކެއްޗާއި ނުލައި ދިރިއުޅޭނެ ސާދާ ސީދާ ދިރިއުޅުމެއް ދަސްކޮށްދީ، މުޖުތަމަޢު ޤަބޫލުކުރާ ބަޔަކަށް އެމީހުން ހެދުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ހިންގަމުން ގެންދާ ސެންޓަރެކެވެ.

ދަގެނާގެ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަމުގެ އިތުރުން، އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލު ހޯދުމަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން، އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި މުޖުތަމަޢުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގެނާގެ އަމާޒު ތެރޭގައި ހިމެނޭ ކަންކަމެވެ.

ޚިދުމަތްތައް

  • ކޮމިއުނިޓީ ސާރވިސް
  • އަމިއްލައަށް އެދިގެން އަންނަ ކްލައިންޓުންނަށް ޑިޓޮކްސިފިކޭޝަން ފަރުވާ
  • ޢާއިލާތަކަށް މަޢުލޫމާތާއި އެހީތެރިކަން

އެޑްރެސް

ދަގެނާ، ގއ.ވިލިނގިލި

ވިލިނގިލި