ހުރިހާ މަރުކަޒުތަކަށް

ހިންމަފުށި

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ – ކ.ހިންމަފުށި

1997 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ޑްރަގް އޭޖެންސީން ކ.ހިންމަފުށީގައި ހިންގާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ތެރަޕިއުޓިކް ކޮމިއުނިޓީ މޮޑެލްއަށް ފަރުވާދޭ ރެސިޑެންޝަލް މަރުކަޒެކެވެ.

މި މަރުކަޒާ ބެހޭ

މި މަރުކަޒަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ރިހެބިލިޓޭޝަން ފަރުވާދީ، އަލުން އަނބުރާ މުޖުތަމަޢު ތެރެއަށް ނެރުމުގެ މަޤްޞަދުގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ މަރުކަޒެކެވެ.

އަދި މި މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް މަރުކަޒުގެ ބެލުމުގެދަށުން ބަހައްޓައިގެން، އޭނާއަށް އިޞްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ މަރުކަޒެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޑީ.ޓީ.އާރު.ސީގައި ހިންގާ ފަރުވާގެ ޕްރޮގްރާމަކީ އިސްލާމީ އުޞޫލުތައް ހިމަނައިގެން ތެރަޕިއުޓިކް ކޮމިއުނިޓީ (ޓީ.ސީ) މޮޑެލް އަސާސަކަށް ބަލައިގެން ފަރުމާ ކުރެވިފައިވާ ފަރުވާ ޕްރޮގްރާމެކެވެ.

ޓީ.ސީ ބިނާވެފައިވަނީ އެކަކު އަނެކަކަށް އެހީވުމާއި، އަޅާލުމާއި، އެއްބާރުލުމާއި، އިތުބާރު ކުރުމާއި އަދި އަމިއްލަ މަސްއޫލިއްޔަތާ ޢާއިލާގެމެދުގައި އޮންނަ ގުޅުންތައް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމާއެކު ކަނޑައެޅިފައިވާ ހަމަތަކާ ޤަވާޢިދުތަކަށް ބޯލަނބާ އަދި އެއް ފިލޯސަފީއެއް ޤަބޫލުކޮށް އެކުގައި ދިރިއުޅުމުގެ މައްޗަށެވެ.

ސެންޓަރުގެ ތާރީޚް

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރައްޔިތުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަޤްޞަދުގައި، 1997 ވަނަ އަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ހުޅުއްވައިދެއްވާފައިވާ ސެންޓަރެކެވެ.

މި ސެންޓަރުގެ ދަށުގައި ހުރި ސެންޓަރުތައް

  • ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރ، ކ.ހިންމަފުށި
  • ވުމަންސް ސްޕެޝަލް ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ، ކ.ހިންމަފުށި

އޮފީސް ހުޅުވިފައި ހުންނަ ގަޑި

  • އެޑްމިނިސްޓްރޭޝަން ސެކްޝަން: 08:00 – 14:00
  • ސެކިއުރިޓީ އެންޑް ވެލްފެއަރ: 24 ގަޑިއިރު، ހަފްތާގެ 7 ދުވަހު
  • ކްލިނިކަލް ސަރވިސް: 08:00 – 21:00

ޚިދުމަތްތައް

  • ރެސިޑެންޝަލް ރިހެބިލިޓޭޝަން ފަރުވާ
  • ޑިޓޮކްސިފިކޭޝަން
  • ކްލިނިކަލް ސަރވިސް

އެޑްރެސް

މިސްކިތްމަގު، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ، ކ.ހިންމަފުށި

ހިންމަފުށި