ޕްރިވެންޝަން
ތަޢާރަފް
ޕްރިވެންޝަން ސެކްޝަން އަކީ، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޕްރިވެންޝަން އެންޑް ޓްރީޓްމަންޓް މެނޭޖްމަންޓް ޑިވިޝަންގެ ދަށުން ހިނގަމުންދާ ސެކްޝަނެކެވެ. މި ސެކްޝަން އިން ކުރާ މައިގަނޑު މަސައްކަތަކީ؛ މަސްތުވާތަކެތިން ރައްކާވެ ތިބުމަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޢުލޫމާތާއި، ތަމްރީން ދިނުމުގެ ޕްރޮގްރާމްތަކާއި، ސެޝަންތައް ވިލަރެސްކޮށް، ކުރިއަށް ގެންދިޔުމާއި، އަދި އެމީހުން މެދުވެރިކޮށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމެވެ.
މީގެ އިތުރުން މަސްތުން ސާފު މުޖުތަމައެއް ބިނާކުރުމަށް ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ދަށުން މި އޭޖެންސީގެ ފަރުވާގެ ނިޒާމާއި އަދި ލިބެންހުރި ފަރުވާގެ ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ޕްރިވެންޝަން ސެކްޝަންގެ މައިގަނޑު މަސައްކަތްތައް
- ޑްރަގް އެބިއުސް ޕްރިވެންޝަން ޕްރޮގްރާމްގެ މަސައްކަތްތައް ހިންގައި ވިލަރެސްކުރުން
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރުން
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އާއްމުންނަށް މަސްތުވާތަކެތިން ރައްކާތެރިވުމާއިބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ އައި. އީ. ސީ (އިންފޮމޭޝަން، އެޑިޔުކޭޝަން، ކޮމިއުނިކޭޝަން) މެޓީރިއަލްސް ތައްޔާރުކޮށް ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުން
- އެހެނިހެން ފަރާތްތަކުން ހިންގާ ޑްރަގް ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން
- މަސްތުވާތަކެއްޗާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ބޭނުންވާ ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ޕްރިވެންޝަން ސެކްޝަނުން ހިންގާ ޕްރޮގްރާމްތަކާއި އަދި ބޭރުގެ ފަރާތްތަކުން ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރުމާއި އަދި އެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން