SWITCH TO ENGLISH

ޔޫ.އެސް އެމްބަސީގެ އޮފިޝަލުން އެން ޑީ އޭ އަށް ޒިޔާރަތް ކުރުން

06 އޮގަސްޓު, 2017

ޔޫ.އެސް. އެމްބަސީ އިން ރާއްޖެ ވަޑައިގެން އުޅުއްވާ އޮފިޝަލުންނާއި އެން.ޑީ.އޭގެ އިސްވެރީން 26 ސެޕްޓެމްބާރ 2017 ވަނަދުވަހު ބައްދަލް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޔޫ. އެސް. އެމްބަސީ ގެ ފަރާތުން ޑިރެކްޓާރ، އިންފޮމޭޝަން ސަޕޯރޓް ޓީމް މިސް. ކެލީ ޖޮންގ އާއި އަދި އިތުރު ތިން އޮފިޝަލުން ބައިވެރިވެ ވަޑައި ގަތެވެ. އެން. ޑީ. އޭގެ ފަރާތުން މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ލެއްވީ އެން ޑީ އޭ ބޯރޑްގެ ޗެއާރމަން ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި، ޒިންމާދާރުވެރިޔާ އަދި ސީ. އީ. އޯގެ ޒިންމާތަކާ ވަގުތީގެ ގޮތުން ހަވާލްވެ ހުންނެވި ޑިޕެޔުޓީ ޑިރެކްޓާރ ޖެނެރަލް އަބުއްދުއްޞަމަދު އަބުދުއްރަހުމާނާއި ޑެޕިޔުޓީ ޑިރެކްޓާރ ޖެނެރަލް މުހައްމަދު ރަމީޒު އެވެ. މި ބައްދަލް ކުރެއްވުމުގައި އެން ޑީ އޭ އިން ދެވޭ ފަރުވާގެ ޕްރޮގްރާމްތަކާ އަދި އެންޑީ އިން ހިންގާ މަރުކަޒުތަކާ ގުޅޭ ކުރު ޕްރެޒެންޓޭޝަން އެން ޑީ އޭ ބޯރޑްގެ ޗެއާރ ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.