SWITCH TO ENGLISH

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން ނިމިއްޖެ

14 ފެބުރުއަރީ, 2018

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ (އެސް ޓީ އޯ) މުވައްޒަފުންނަށް ބޭއްވި ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން، 13 ފެބްރުވަރީ 2018 ވަނަ ދުވަހު ނިމިއްޖެއެވެ. މާބުލް ހޮޓެލްގެ ރާނީ މާލަމްގައި ކުރިއަށް ދިޔަ މި ސެޝަންގައި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރުން ފެށިގެން ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ. ބައިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔަ، މި ސެޝަންގެ ބައިވެރިން ގިނަ މަޢުލޫމާތުތަކެއް އޮޅުންފިލުވާ، ކަމާއި ގުޅުން ހުރި މަޢުލޫމާތު ލިބިގަނެފައިވެއެވެ.