SWITCH TO ENGLISH

ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ސްކޫލް ބޭސްޑް ޕްރިވެންޝަން” ޓްރެއިނިންގ ވޯކްޝޮޕްގެ 2 ވަނަ ބުރު ނިމިއްޖެ

30 އޮގަސްޓު, 2016

ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ސްކޫލް ކުދިން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުން ޓްރެއިން ކުރުމުގެ 2 ވަނަ ޓްރެއިނިންގ ވޯކްޝޮޕް ” ސްކޫލް ބޭސްޑް ޕްރިވެންޝަން” ޕްރޮގްރާމް 25 އޯގަސްޓް 2016 ވީ ބުރާސްފަތި ދުވަހު ވަނީ ނިމިފައެވެ. 21 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ވޯކްޝޮޕް ބޭއްވިފައިވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. މި ޕްރޮގްރާމް ޑިޒައިން ކޮށްފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ އިން ދެވެންހުރި ފަރުވާއާއި ބެހޭގޮތުންނާއި ސްކޫލް މާހައުލުގައި ކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަދި މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކަންކުރާނެ ގޮތުގެ މައްޗަށެވެ. އަދި މީގެ އިތުރުން ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމް އިން ހޮވާލެވިފައިވާ މޮޑިއުލްތަކުގެ ބައިތަކުގެ މައްޗަށެވެ.