SWITCH TO ENGLISH

މި އޭޖެންސީ އާއި ސިނަމޮން ދޮންވެލި މޯލްޑިވްސް އާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުން

31 ޖަނަވަރީ, 2018

މި އޭޖެންސީ އާއި ސިނަމޮން ދޮންވެލި މޯލްޑިވްސް ސޮއިކުރެވުނު ފަހުމުނާމާ އަކީ “ސްޓާފް އެމްޕްލޯއިމަންޓް ޕްރޮޖެކްޓް” ގެ ދަށުން ސޮއިކުރެވުނު ފާހުމުނާމާ އެކެވެ. މި ފަހުމުނާމާގެ ދަށުން އެން.ޑީ.އޭގައި 1 އަހަރު ދުވަހު 2 މުވައްޒަފަކު މަސައްކަތްކުރުމުގެ އުޖޫރަ އެފަރާތުން ސްޕޮންސަރ ކޮށްދެއްވާގޮތަށް އެއްބަސްވެވިފައެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 2018 ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ. ސިނަމޮން ދޮންވެލި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މރ. ނަލިންޑަ ލިޔަނަގެ އެވެ. މި އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ މިއޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު އަޒްލީން އާއި މި އޭޖެންސީގެ އިސްވެރިން އަދި ސިނަމޮން ދޮންވެލި މޯލްޑިވްސް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.