SWITCH TO ENGLISH

މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ ފަރާތަކަށް ފަރުވާގެ އިތުރު ދޮރެއް!

08 ޑިސެންބަރު, 2019

މަސްތުވާތަކެއްޗަށް ދެވިހިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމާއި މިހާރު ދެވޭ ފަރުވާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ އިތުރު (02) ރިހެބިލިޓޭޝަން ސެންޓަރަކާއި އެކު އެއްބަސް ވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިގޮތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިންޑިއާގެ ބެންގަލޯރުގައި ހުންނަ “ހައިޕަވަރ ފައުންޑޭޝަންސް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއި އަދި އިންޑިޔާގެ މައިސޫރުގައި ހުންނަ “ސުޗެތެނާ ލައިފް ރިހެބިލިޓޭޝަން ސެންޓަރާ” އެކުގައެވެ.

މި ދެ ސެންޓަރުގެވެސް ފަރުވާ ބިނާވެފައިވަނީ ތަނުގައި ބައިތިއްބައިގެން ނުވަތަ ރެސިޑެންޝަލް ރިހެބިލިޓޭޝަންގެ” ގޮތުގައި ދެވޭ ފަރުވާގެ މައްޗަށެވެ. މިސެންޓަރުތަކުން ފަރުވާ ހޯދުމަށް ޑްރަގް ކޯޓު މެދުވެރިކޮށް ނުވަތަ އަމިއްލައަށް އެދިގެންވެސް ފަރުވާއަށް ދެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިޔާގެ ބެންގަލޯރުގައި ހުންނަ “ބްލޮސްމްސް ކޮންވޭލްސެންޓް ސެންޓަރ” އާއި އެކު ހެދިފައިވާ ފަރުވާދިނުމުގެ އެއްބަސްވުން ވަނީ މުއްދަތު އިތުރު ކުރެވިފައެވެ. ކުރިއެކޭ އެއްގޮތަށް ރާއްޖެއިން، މިސެންޓަރަށް ފަރުވާ ހޯދަން ދާ ފަރާތްތަކަށް ފަރުވާ ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.