SWITCH TO ENGLISH

މަސްތުވާތަކެތިން ސަލާމަތްވާ މީހުންނަށް އެހީވާ މަރުކަޒެއް “ހާފްވޭ ހައުސް” ގެ ނަމުގައި ހުޅުމާލޭގައި ހުޅުވައިފި

15 ޖުލައި, 2015

ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހާފްވޭ ހައުސް ގެ ނަމުގައި ހުޅުމާލޭގައި އައު މަރުކަޒެއް 15 ޖުލައި 2015 ވީ ބުދަ ދުވަހު ވަނީ ހުޅުވާފައެވެ. މިމަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އުމަރު ނަސީރެވެ. މި މަރުކަޒު ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދާ ނިންމުމަށްފަހު މުޖްތަމަޢަށް ނިކުތުމުގެ ކުރިން ބޭނުންވާ ހުނަރުތައް ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. ހާފްވޭ ހައުސްއެއް ގާއިމުކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.