SWITCH TO ENGLISH

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީސް މުވައްޒަފުންނަށް ސެޝަންއެއް ބޭއްވުން

11 ޖަނަވަރީ, 2018

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމަށާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން 2018 ވަނަ އަހަރު މިހާތަނަށް ދެ އިދާރާއަކަށް ހިންގިފައިވެއެވެ. އެއީ؛ އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށެވެ.