SWITCH TO ENGLISH

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ބޭއްވިއްޖެ

20 ފެބުރުއަރީ, 2018

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ (އެމް. ޕީ. އެލް) މުވައްޒަފުންނަށް ބޭއްވިއްޖެއެވެ. އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާ 40 މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ، އެ ކުންފުނީގެ ހެޑް އޮފީސް، ޕޯޓްސް ބިލްޑިންގ ގެ ބަނދަރު މާލަމްގައެވެ. 18 ފެބްރުވަރީ 2018 ވަނަ ދުވަހުގެ މެންދުރުފަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މި އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލް ބައިވެރިވެވަޑައިގެންނެވިއެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވާ، ކަމާއި ގުޅުން ހުރި މަޢުލޫމާތު ދެވިފައިވެއެވެ.