SWITCH TO ENGLISH

ކ. ވިލިމާލޭގައި ހިންގަމުން ގެންދިޔަ ޑީޓޮކްސް ސެންޓަރު ކ. ހިންމަފުއްޓަށް ބަދަލުކޮށްފި

05 އެޕްރީލް, 2016

ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ކ. ވިލިމާލޭގައި ހިންގަމުން ގެންދިޔަ ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު ކ. ހިންމަފުށީގައި ހިންގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް 29 އޭޕްރިލް 2016 ވީ ހުކުރު ދުވަހުން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ. މިބަދަލު މިއެޖެންސީއިން ގެންނެވުމުގެ މައިގަނޑު ބޭނުމަކީ އެއްމެނޭޖްމަންޓެއްގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ލިބެން ހުރުމުން ފައިސާގެ ގޮތުންނާއި މަސައްކަތުގައި ބޭނުންކުރަންޖެހޭ މުވައްޒަފުންގެ ޢަދަދު މިހާރަށްވުރެ މަދުކުރެވިގެން ދާނެތީއެވެ. އަދި އެއްތަނަކުން ޚިދުމަތް ދެވެން ހުރުމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައިވެސް އެތައް ފަސޭހަތަކެއެ ލިބިގެން ދާނެތީއެވެ.