SWITCH TO ENGLISH

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭ މަޢުލޫމާތު ޝެޝަނެއް ޑީ.ޓީ.އާރ.ސީ ގައި ބާއްވައިފި.

17 އެޕްރީލް, 2016

ރިޓަޔަރމެންޓް ޕެންޝަން ސްކީމް އާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 14 އޭޕްރިލް 2015ވީ ބުރާސްފަތިދުވަހުގެ 10:30ގައި ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގައި ވަނީ ބޭއްވިފައެވެ. މި ސެޝަނަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން ޑީ.ޓީ.އާރ.ސީގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކުރެވިގެން ބޭއްވުނު ސެޝަނެކެވެ. މި ޝެޝަންގައި މަޢުލޫމާތު ދެއްވީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ކަމާބެހޭ މުވައްޒަފުންނެވެ.