
ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި
20 ޖުލައި, 2016
ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ސޮއިކުރެއްވުމުގެ ރަސްމިއްޔާތު 19 ޖުލައި 2016 ވީ އަންގާރަ ދުވަހު މިއެޖެންސީގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި މި އެޖޭންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލްއާއި މި އެޖޭންސީގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއާއި، ކޮމިޝަނުގެ މެމްބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.