
ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވައިލައްވައިފި
30 ޖަނަވަރީ, 2019
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޝަނަލް ޑްރަގް އެޖެންސީއަށް މިއަދު ހެނދުނު މި ކުރެއްވި ޒިޔާރަތުގައި އެމުޢައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ މުޢައްސަސާގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ޑްރަގް އެޖެންސީގެ އިސްވެރިން ވަނީ މުޢައްސަސާއާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. އަދި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޢުލޫމާތު ޙިއްޞާކުރައްވައިފައެވެ.