
ހާފްވޭ ހައުސްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވައިލައްވައިފި
30 ޖަނަވަރީ, 2019
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހާފްވޭ ހައުސްއަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާފްވޭ ހައުސްއަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި އެ މުޢައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި ތަނުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ. އަދި މުޢައްސަސާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ތަނުގެ އިސްވެރިން މަޢުލޫމާތު އަރުވާފައިވެއެވެ.

