SWITCH TO ENGLISH

ޑްރަގް ޓްރީޓްމަންޓް އެންޑް ޑީޓޮކްސިފިކޭޝަން ސެންޓަރ / ކ.ވިލިމާލެ

ތަޢާރަފް

މި ސެންޓަރުން ދޭފަރުވާއަކީ، މަސްތުވާތަކެތި ބޭނުންކުރާމީހާ ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތްކުރުމަށް ޞިއްޙީ ފަރުވާދޭ ބައެއްގެ ދަށުން 4-3 (ތިނެއް ނުވަތަ ހަތަރެއް) ހަފުތާއަށް މަރުކަޒުގައި ބައިތިއްބައިގެން ދޭވޭ ފަރުވާއެވެ.

މައިގަނޑު މަސައްކަތް

ޑީޓޮކްސިފިކޭޝަން ސެންޓަރުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެއެވެ.

(1) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު ޑްކްޓަރީ ބޭސް ބޭނުންކޮށްގެން މާއްދީގޮތުން ކަނޑުވާލުން؛

(2) މަސްތުވާތަކެތިން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ލިބެންހުރި އެންމެ އެކަށީގެންވާ ފަރުވާތަކާ ބެހޭ މަޢުލޫމާތު ދީ ފަރުވާއަށް ޝައުޤުވެރިކުރުވުން.

ފަރުވާއަށް އާދެވޭނެ ފަރާތްތައްް

(1) ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރެއްކުރުން؛

(2) އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، އެސެސްމަންޓުން ޑީޓްކްސިފިކޭޝަން ފަރުވާ ދިނުމަށް ފެންނަކަމަށް އޮތުން.

ފަރުވާގެ މުއްދަތު

(1) ޑީޓޮކްސިފިކޭޝަން ފަރުވާގެ މުއްދަތަކީ މަދުވެގެން 3 (ތިނެއް) ހަފުތާ އަދި ގިނަވެގެން 4 (ހަތަރެއް) ހަފުތާއެވެ.