ނޭޝަނަލް ޑްރަގް އެޖެންސީ އުފެދުން
ޤާނޫނުނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން “ނޭޝަނަލް ޑްރަގް އެޖެންސީ”ގެ ނަމުގައި ސަރުކާރުގެއިދާރާއެއް އުފައްދާފައިވަނީ 2012 ޖެނުއަރީ 26 ވަނަ ދުވަހު އެވެ.ނޭޝަނަލް ޑްރަގް އެޖެންސީއަކީ،މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާއި ގުޅިފައިވާ އަމިއްލަހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވަރނިންގބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ނޭޝަނަލްޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި،އެ ޤާނޫނާ ގުޅިފައިވާމައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން،އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާއިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ކަނޑައަޅުއްވާފައިވާ މަސްއޫލިއްޔަތުތަކަކީ:
- މަސްތުވާތަކެތިބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއްހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައްއެޅުން.
- މަސްތުވާތަކެއްޗާގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުންއުފެދޭޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީސިޔާސަތުތައް ތަންފީޛުކުރުން.
- މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް،ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިޔުން.
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
- މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.
- މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާމަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެންމަސައްކަތްކުރުން.
- މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައިހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
- މަސްތުވާތަކެއްޗާގުޅޭބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައިހިންގުމާއި، މަޢްލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢްލޫމާތާއިތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށްމަސައްކަތްކުރުން.