ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ.ހިންމަފުށި
ތަޢާރަފް
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތި ބެނުންކުރާ މީހުން އެތަނެއްގައި ބަންދުގައި ބަހައްޓައިގެން އެކަމަށް ފަރުވާ ދިނުމެވެ. މިފަރުވާއަކީ ތެރަޕިޔުޓިކް ކޮމިއުނިޓީ (ޓީ.ސީ) މައިގަނޑު އަސާސަކަށް ބަލައިގެން ހިންގާ ޕްރޮގްރާމްއެކެވެ. ޓީ.ސީއަކީ އެކަކު އަނެކަކަށް އެހީވުމާއި، އަޅާލުމާއި، އެއްބާރުލުމާއި، އިތުބާރު ކުރުމާއި އަދި އަމިއްލަ މަސްއޫލިއްޔަތާ އާއިލާގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާ ކުރުމަށް އެއްބާރުލާދޭ ޖަމާޢަތެކެވެ. ނުވަތަ ކަނޑައެޅިފައިވާ ހަމަތަކާއި ގަވާއިދު ތަކަކަށް ބޯލަބާ އަދި އެއްފިލޯސަފީއެއް ގަބޫލުކުރާ އެކުގައި ދިރިއުޅޭ ޖަމާޢަތެކެވެ.
ޓީ.ސީ ފަރުވާގެ މައިގަނޑު އަސް:
- އުޅުމާއި އަޙްލާޤް ބައްޓަން ކުރުން
- ޖަޒްބާތީ އަދި ނަފްސާނީ ދުޅަހެޔޮކަން
- ތައުލީމީ އަދި ރޫޙާނީ ދުޅަހެޔޮކަން
- ހުނަރުވެރި މަސައްކަތްތެރިކަން އުގަންނައި ދިނުމާއި ދިރިއުޅުމުގައި ދިމާވާ ހުރަސްތައް ގިރާކުރުމުގެ ހުނަރުވެރިކަން
ޓީ.ސީގެ 5 ތަނބަކީ:
- ޢާއިލާއެއްގައި އޮންނަންޖެހޭ ހަރުދަނާ ގުޅުންތެރިކަމުގެ މިންގަނޑު
- ޒިންމާދާރު އަޅާލުމާއި ލޯބި
- ފަރުވާ ދިނުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް
- ދީނީ ދަރުސްތައް
- ނަމޫނާ މީހެއްގެ ގޮތުގައި އުޅުން
މަޤްސަދު:
- ފަރުވާ ހޯދަ މީހާގެ ކިބައިގައި ރޫޙާނީ އަދި ދީނީ ދުޅަހެޔޮކަން އަށަގެންނެވުން
- ޖިސްމާނީ ގޮތުން ދުޅަ ހެޔޮ މީހަކަށް ހެދުން
- ޖަޒުބާތީ އަދި ނަފްސާނީ މައްސަލަތައް ދެނެގަތުމާއި ހައްލު ހޯދުމަށް އެހީތެރިވެދިނުން
- އިޖްތިމާޢީ ދުޅަހެޔޮކަމާއި ހުނަރާއި މައުލޫމާތު ދީ ހޭލުންތެރި ކުރުވުން
- ޒިންމާދާރުކުރުވާ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބި ޖެއްސުން
މައިގަނޑު މަސައްކަތްތައް
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މައިގަނޑު މަސައްކަތްތައް :
- މަސްތުވާތަކެތިން ސާފުވެހުރުމަށް ދޭ ފަރުވާ ހޯދަން އަންނަ މީހުންނަށް ބޭނުންވާ ޑިޓޮކްސިފިކޭޝަން ފަރުވާދިނުން
- މަސްތުވާތަކެތިން ސާފުވެހުރުމަށް ބޭނުން މީހުންނަށް ރީހެބިލިޓޭޝަން ފަރުވާދިނުން
- މަސްތުވާތަކެތިން ސާފުވެހުރުމަށް ދޭ ފަރުވާހޯދަން އަންނަ މީހުންނަށް ސައިކޮސޯޝަލް ފަރުވާދިނުން
- މަސްތުވާތަކެތިން ސާފުވެހުރުމަށް ދޭފަރުވާ ލިބިގަންނަ މީހުން، ފަރުވާ ނިމިގެން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން
ފަރުވާގައި ބައިވެރިވުމުގެ ޝަރުތުތައް
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެފަރުވާގައި ބައިވެރިވެވޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:
- ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރެއްކުރުން
- އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، އެސެސްމަންޓަކުން ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފަރުވާދިނުމަށް ފެންނަކަމަށް ބެލެވޭ މީހަކަށްވުން
ފަރުވާގެ މުއްދަތު
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެފަރުވާގެ މުއްދަތަކީ މަދުވެގެން4 – 6 މަސް (133- 182 ދުވަސް)ދުވަހެވެ.
ފަރުވާގެ ޕްރޮގްރާމްގެ ތަފްސީލް
ޑްރަގް ޓްރީޓްމަންޓް އަދި ރީހެބިލިޓޭޝަން ޕްރޮގްރާމް ބިނާކުރެވިފައިވަނީ ތެރެޕިއުޓިކް ކޮމިއުނިޓީ ޕްރޮގަރާމް މައިގަނޑު އަސާސަކަށް ބަލާއިގެނެވެ.މި ފަރުވާގެ ޕްރޮގްރާމް ބަހާލެވިފައިވަނީ 3 މަރުޙަލާއެވެ.
- ފުރަތަމަ މަރުޙަލާ (އިންޓޭކް ، ސްކްރީނިންގ އެންޑް އޮރިއެންޓޭޝަން 14 ދުވަސް)
ފުރަތަމަ މަރުހަލާ ނުވަތަ އިންޓޭކް މަރުހަލާއަކީ ފަރުވާއަށް އަންނަ މީހާ އެންމެ ފުރަތަމަ ފުރިހަމަ ކުރަންޖެހޭ މަރުހަލާއެވެ. މިމަރުހަލާއަކީ ފަރުވާގެ އެންމެހާ ކަންކަމަށް ފަރުވާ ހޯދުމަށް އަންނަ މީހާ އަހުލުވެރިކުރުވާ މަރުހަލާއެވެ. މިމަރުޙަލާގައިފަރުވާގެ ޕްރޮގްރާމާއި ބެހޭގޮތުން މަޢުލޫމާތުދީ ފަރުވާގެ ޕްރޮގްރާމުގައި ފަރުވާ ހޯދާ މީހާގެ ފަރާތުން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.
- މި މަރުޙަލާ ނިމުމުގެ ކުރިން ފަރުވާ ހޯދާ މީހާގެ ސައިކޭޓްރިކް އަދި މެޑިކަލް އެސެސްމެންޓް ހެދެންވާނެއެވެ.
- އަދި މިމަރުޙަލާ ނިމުމުގެ ކުރިން ފަރުވާ ހޯދަމުންދާ ކޮންމެ މީހެއްގެވެސް ތައުލީމީ ގޮތުން ފެންވަރު ބަލާ ޓެސްޓެއް ހަދަންވާނެއެވެ. މިގޮތުން ބެލެވޭނީ ދިވެހި ، އިސްލާމް އަދި ޤުރުޢާންގެ ފަންވަރެވެ.
- އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ އެސެސްމަންޓްތައް ތައްޔާރުކޮށް ފަރުވާގެ ޕްލޭން ކުރިއަށް ގެންދަންވީގޮތާއި ބެހޭގޮތުން ސެޝަންތައް ކުރިއަށް ގެންދާނީ މިމަރުޙަލާގައެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާސްތަކާއި ގްރޫޕްތައް | ކުލާސްތައް ނުވަތަ ގްރޫޕްތަކުގެ އަދަދު |
އިސްލާމް ކުލާސް (ޢަޙްލާޤް) | 01 |
އިސްލާމް ކުލާސް (ޢަޙްލާޤް) | 01 |
ގުރުއާން ކިޔެވުން / ކުލާސް | 02 |
މޯނިންގ ގެދަރިން | 05 |
ނައިޓް ގެދަރިން | 06 |
މޯޓިވޭޝަނަލް އިންޓާރވެންޝަން/ ސެޝަން (އިންޑިވިޖުއަލް ، ގްރޫޕް) | 02 |
ޕްރައިމަރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ކުރިން ފަރުވާގެ ޕްރޮގްރާމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށާއި ޕްރޮގްރާމްގައި އެއްބާރުލުން ބޭނުންވާ ކަންތައްތައް ހިމެނޭގޮތަށް އިނީޝިއަލް އިންޓަރވިއުއެއް ކުރިއަށް ގެންދެވޭނެއެވެ.
މަތީގައި ބަޔާންކުރެވިފައިވާ ކްލާސްތަކަށް ހާޒިރު ވާން ފަށާނީ ، ޑިޓޮކްސިފިކޭޝަން އަދި ސްކްރީނިންގ ފުރިހަމަ ކުރުމަށް ފަހު، އިންޓޭކް އަދި އޮރިއެންޓޭޝަން ފުރިހަމަ ކުރާ ދުވަސްތަކުގައެވެ.
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން އިންޓޭކްގައި ތިބޭ މީހުންނަށް އަމާޒުކުރެވިގެން ހިންގޭ އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭންވާނެއެވެ. ( މަރުހަލާ ބަދަލުވަންދެން އެ މަރުހަލާއެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމް ތަކަށް ހާޒިރުވާން ވާނެއެވެ.)
މަރުހަލާ ބަދަލުވުން
ފުރަތަމަ މަރުޙަލާއިން ދެވަނަ މަރުޙަލާއަށް ބަދަލުވެވޭނީ މި މަރުޙަލާގައި ނިންމަންޖެހޭ ކްލާސްތައް ނިންމާ، ތަނުގައި ހެދިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުންނެވެ. އަދި މި ގޮތަށް ޢަމަލުނުކުރާ ރެސިޑެންޓުންގެ މަރުޙަލާއަށް ދުވަސް އިތުރުކުރެވޭނެއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓު ނަތީޖާ ނެގެޓިވްވާންވާނެއެވެ.
2- ދެވަނަ މަރުހަލާ (ޕްރައިމަރީ ޓްރީޓްމެންޓް)
ޕްރައިމަރީ ޓްރީޓްމެންޓް އަކީ ފަރުވާގެ ދެވަނަ މަރުޙަލާއެވެ. މި މަރުޙަލާ ބެހިފައި ވަނީ 05 ފިޔަވަހީގެ މައްޗަށެވެ. އެއީ
- ނިއުމެމްބަރ
- ކްރޫ
- ރެމްރޮޑް
- އެޗް.އޯ.ޑީ
- ސީ.އޯ.ޑީ
(ހ) ނިއުމެމްބަރ (35 – 21 ދުވަސް)
ނިއުމެމްބަރ ފޭސް އަކީ ޕްރައިމަރީ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވައްސެވެ. މިފިޔަވަހީގައި ފަރުވާ ހޯދަމުންދާ މީހުން ބައިވެރިވެ ފުރިހަމަކުރަންޖެހޭ ކްލާސް އަދި ސެޝަންތައް ތިރީގައި ވާ ތާވަލްގައި ބަޔާންކުރެވިފައި އެވަނީއެވެ. މިޕްރޮގްރާމް ތަކުގެ އިތުރުން ނިއު-މެމްބަރ ކިޓް ގައި ވާ މަޢުލޫމާތު ދަސްކުރުން ލާޒިމްވާނެއެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާސްތަކާއި ގްރޫޕްތަކުގެ ނަން | ކްލާސް ނުވަތަ ގްރޫޕްގެ އަދަދު |
އިސްލާމް ކުލާސް (ތަޥްބާވުން، ނަފްސު ހިސާބުކުރުން އަދި ހަވާ ނަފްސަށް ތަބާ ނުވުން) | 03 |
ޤުރުޢާން ކުލާސް | 03 |
ޤުރުއާން ކިޔެވުން ( ދެނަމާދު ދޭތެރޭގައި) | ކޮންމެ ރެއަކު |
ސްޓްރެސް ކުލާސް | 01 |
އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ( ސެލްފް އެސްޓީމް ކުލާސް) | 01 |
ރުޅި މެނޭޖްކުރަން ދަސްކުރުން ( އެންގަރ މެނޭޖްމެންޓް ކުލާސް) | 01 |
ތެރަޕިއުޓިކް ގްރޫޕް (ޕިއަރ ކޮންފްރަންޓެޝަން) | 04 |
ގްރޫޕް ކައުންސެލިން (ސްޓެޓިކް ގްރޫޕް) | 04 |
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން ހަފްތާއަކު 01 ފަހަރު ކައުންސިލަރ އާއި ފަރުވާ ނަގާ ފަރާތާއި އިންޑިވިޖުއަލް މީޓިންގއެއް ބޭއްވޭނެއެވެ. އަދި މިފިޔަވަހީގައި ފަރުވާނަގަމުންދާ މީހުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. ( މިފިޔަވަހީގައި ކުރިއަށް ދާ ޕްރޮގްރާމްގައި ފިޔަވަހި ބަދަލު ވަންދެން ހާޒިރުވާން ވާނެއެވެ.)
ފިޔަވަހި ބަދަލުވުން
ފިޔަވަހި ބަދަލުވާނީ އަންނަނިވި ކަންތައް ފުރިހަމަ ކުރުމުންނެވެ.
- ފަރުވާއަށް އެއްބާރުލުން ދިނުން
- މަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުން
- ކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުން
(ށ) ކުރޫ (28 – 21 ދުވަސް)
ކްރޫއަކީ ޕްރައިމަރީ ޓްރީޓްމަންޓް މަރުޙަލާގެ ދެވަނަ ފިޔަވައްސެވެ. މިފިޔަވަހިގައި ފަރުވާ ހޯދަމުންދާ މީހާ ބައިވެރިވެ ފުރިހަމަކުރަންޖެހޭ ކްލާސް އަދި ސެޝަންތައް ތިރީގައި ވާ ތާވަލްގައި ބަޔާންކުރެވިފައި އެވަނީއެވެ. މީގެ އިތުރުން މި ފިޔަވަހީގައި ފަރުވާ ހޯދަމުންދާ މީހާ އެކި ޑިޕާޓްމަންޓްތަކަށް ބަހާލެވޭނެއެވެ. އަދި މި ޑިޕާޓްމަންޓް ތަކާއި ގުޅޭ ޒިންމާތަކެއް ކޮންމެ ފަރުވާ ހޯދާ މީހަކަށް ހަވާލުކުރެވޭނެއެވެ. މި ޒިންމާތައް ފުރިހަމައަށް އަދާކުރުމަކީ މި ފިޔަވަހީގައި ވަރަށް އިސްކަންދޭ ކަމެކެވެ. މިފަދަ ޒިންމާތަކެއް ޙަވާލްކޮށް ޒިންމާދާރުވުމަށް ހޭނުވުމަކީ ފަރުވާ ހޯދަމުންދާ މީހާ މުޖްތަމައު ޤަބޫލުކުރާ މީހަަކަށް ހެދުމަށް އިސްދައުރެއް އަދާކުރުވާ މަސައްކަތެކެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާސްތަކާއި ގްރޫޕްތަކުގެ ނަން | ކްލާސްތަކާއި ގްރޫޕްތަކުގެ އަދަދު |
ޤުރުއާން ކުލާސް | 03 |
އިސްލާމް ކުލާސް (މާތް ﷲ އަށް ތަޤްވާވެރިވުން، ކީރިތި ޤުރުއާންއަށް ހުރުމަތްތެރިކޮށް ހިތުން، ކީރިތި ރަސޫލާ ދެކެ ލޯބިވުން، ﷲގެ މަޙްލޫޤުންނަށް އޯގާތެރިވުން، މާތް ﷲއަށް ވަކީލްކުރުން، ﷲއަށްޓަކާ ލޯބިވުމާއި ﷲއަށްޓަކާ ރުޅިއައުން) | 06 |
ވޮކޭޝަނަލް ކްލާސް | 03 |
ތެރަޕިއުޓިކް ގްރޫޕް ( ޕިއަރ ކޮންފްރަންޓޭޝަން) | 03 |
ގްރޫޕް ކައުންސެލިން (ސްޓެޓިކް ގްރޫޕް) | 03 |
ސްޓްރެސް ކުލާސް | 01 |
އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ( ސެލްފް އެސްޓީމް ކުލާސް) | 01 |
ރުޅި މެނޭޖްކުރަން ދަސްކުރުން ( އެންގަރ މެނޭޖްމެންޓް ކުލާސް) | 01 |
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން މިފިޔަވަހީގައި ހަފްތާއަކު 01 ދުވަހު ކައުންސިލަރ އާއި ފަރުވާ ހޯދާ މީހާއާއި އެކު މީޓިންގއެއް ބޭއްވޭނެއެވެ. އަދި ފަރުވާ ހޯދާ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ފްރޮގްރާމްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭންވާނެއެވެ. ( މިފިޔަވަހި ބަދަލުވަންދެން އެ އެފިޔަވަހީގައި ކުރިއަށް ގެންދާ ޕްރޮގްރާމް ތަކަށް ހާޒިރުވާން ވާނެއެވެ. )
ފިޔަވަހި ބަދަލުވުން
ފިޔަވަހި ބަދަލުވާނީ އަންނަނިވި ކަންތައް ފުރިހަމަ ކުރުމުންނެވެ.
- ފަރުވާއަށް އެއްބާރުލުން ދިނުން
- މަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުން
- ކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުން
(ނ) ރެމްރޮޑް (28 – 21 ދުވަސް)
ރެމްރޮޑް ފިޔަވަހީގައި ފަރުވާ ހޯދަމުންދާ މީހުން ބައިވެރިވެ ފުރިހަމަކުރަންޖެހޭ ކްލާސް އަދި ސެޝަންތައް ތިރީގައި ވާ ތާވަލްގައި ބަޔާންކުރެވިފައި އެވަނީއެވެ. ރެމްރޮޑްގެ ޒިންމާއަކީ ދުވަހު ޕްރޮގްރާމް ހިންގުމަށް ޙަވާލުވެ ތިބޭ ފަރާތްތަކުގެ އެންގުންތައް އެހެންމީހުންނަށް އަންގާ ޕްރޮގްރާމްތައް ފުރިހަމަ ގޮތެއްގައި ގެންދިއުމުގައި އެހީތެރިވެދިނުމެވެ. މީގެ އިތުރުން ރެމްރޮޑް ނިސްބަތްވާ ޑިޕާޓްމަންޓުން އޭނާއާއި ހަވާލްކުރާ ޒިންމާތައް ފުރިހަމައަށް އަދާކުރުމެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާސްތަކާއި ގްރޫޕްތައް | ކްލާސްތަކާއި ގްރޫޕްތަކުގެ އަދަދު |
ގުރުއާން ކްލާސް | 03 |
އިސްލާމް ކުލާސް ( މުޖްތަމައު ތެރޭގައި އަޙްވަންތަކަން ދެމެހެއްޓުން، މުސްލިމުން އެކަކު އަނެކަކާ މެދު ކަންތައް ބަހައްޓަންވީ ގޮތް، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން، އަވައްޓެރިންނަށް ކަމޭހިތުން، އަލުލް އަމްރުންނަށް ކިޔަމަންވުން އަދި ޠަހާރަތު ހިނައިގަތުން) | 06 |
ވޮކޭޝަނަލް ކްލާސް | 03 |
ތެރަޕިއުޓިކް ގްރޫޕް ( ޕިއަރ ކޮންފްރަންޓޭޝަން) | 03 |
ގްރޫޕް ކައުންސެލިން (ސްޓެޓިކް ގްރޫޕް) | 03 |
ސްޓްރެސް ކުލާސް | 01 |
އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ( ސެލްފް އެސްޓީމް ކުލާސް) | 01 |
ރުޅި މެނޭޖްކުރަން ދަސްކުރުން ( އެންގަރ މެނޭޖްމެންޓް ކުލާސް) | 01 |
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން މިފިޔަވަހީގައި ހަފްތާއަކު 01 ދުވަހު ކައުންސިލަރ އާއި ފަރުވާ ހޯދާ މީހާއާއި އެކު މީޓިންގއެއް ބޭއްވޭނެއެވެ. އަދި ފަރުވާ ހޯދާ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ފްރޮގްރާމްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭންވާނެއެވެ. ( މިފިޔަވަހި ބަދަލުވަންދެން އެ އެފިޔަވަހީގައި ކުރިއަށް ގެންދާ ޕްރޮގްރާމް ތަކަށް ހާޒިރުވާން ވާނެއެވެ. )
ފިޔަވަހި ބަދަލުވުން
ފިޔަވަހި ބަދަލުވާނީ އަންނަނިވި ކަންތައް ފުރިހަމަ ކުރުމުންނެވެ.ފަރުވާއަށް އެއްބާރުލުން ދިނުންމަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުންކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުންފަރުވާއަށް އެއްބާރުލުން ދިނުންމަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުންކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުން
6- (ބ) ސީ.އޯ.ޑީ (28 -21 ދުވަސް)
ކޯޑިނޭޓާރސް ފޭސްގައި ރެސިޑެންޓުން ބައިވެރިވެ ފުރިހަމަކުރަންޖެހޭ ކްލާސް އަދި ސެޝަންތައް ތިރީގައި ވާ ތާވަލްގައި ބަޔާންކުރެވިފައި އެވަނީއެވެ. މިމަރުހަލާގެ މައިގަނޑު ޒިންމާއަކީ ސްޓާފުންގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮގްރާމް ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުމެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާހުގެ ނަން | އަދަދު |
އިސްލާމް ކުލާސް ( އީމާންކަމާއި އިސްލާމްކަން، މާތްﷲ އަށް އީމާންވުން، މުޢުޖިޒާ، ރަސޫލު ބޭކަލުންނަށް އީމާންވުން، ޤިޔާމަތް ދުވަހަށް އީމާންވުން، އިސްލާމް ދީނާއި ޢާއިލާ) | 06 |
ޑްރަގް އެޑިޔުކޭޝަން އެންޑް އެވެއަރނަސް | 03 |
ވޮކޭޝަނަލް ކްލާސް | 03 |
ތެރަޕިއުޓިކް ގްރޫޕް ( ޕިއަރ ކޮންފްރަންޓޭޝަން) | 02 |
ގްރޫޕް ކައުންސެލިން (ސްޓެޓިކް ގްރޫޕް) | 02 |
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން މިފިޔަވަހީގައި ހަފްތާއަކު 01 ދުވަހު ކައުންސިލަރ އާއި ފަރުވާ ހޯދާ މީހާއާއި އެކު މީޓިންގއެއް ބޭއްވޭނެއެވެ. އަދި ފަރުވާ ހޯދާ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ފްރޮގްރާމްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭންވާނެއެވެ. ( މިފިޔަވަހި ބަދަލުވަންދެން އެ އެފިޔަވަހީގައި ކުރިއަށް ގެންދާ ޕްރޮގްރާމް ތަކަށް ހާޒިރުވާން ވާނެއެވެ. )
ފިޔަވަހި ބަދަލުވުން
ފިޔަވަހި ބަދަލުވާނީ އަންނަނިވި ކަންތައް ފުރިހަމަ ކުރުމުންނެވެ.
- ފަރުވާއަށް އެއްބާރުލުން ދިނުން
- މަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުން
- ކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުން
- ލިޔަން ކިޔަން އެގުން.
- ގުރުއާން ބަލައިގެން ކިޔަން އެގުން.
- މަދުވެގެން 15 ސޫރަތް ދަސްވެފައި ހުރުން.
- ނަމާދުގައި ކިޔާތަކެތި ދަސްވެފައި ހުރުން.
7- ތިންވަނަ މަރުޙަލާ – ރީއެންޓްރީ، އޯ.އެމް.އައި (21 – 14 ދުވަސް)
ރީއެންޓްރީ/ އޯލްޑަރ މެމްބަރ އިންހައުސް މަރުހަލާއަކީ މިފަރުވާގެ އެންމެ ފަހު މަރުހަލާއެވެ. މިމަރުހަލާގައި ސެންޓަރުގެ ސްޓާފުންނާއި ގުޅިގެން ޕްރޮގްރާމް ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދައްވާނެވެ. އިންޓޭކް މަރުހަލާގައި ތިބޭ ފަރުވާ ހޯދަމުންދާ މީހުންނަށް ޕްރޮގްރާމް ހިންގުމުގައި އަމިއްލަ ތަޖުރިބާއާއި ކުލިނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދުގެ މަތިން ޕްރޮގްރާމް ހިންގަންވާނެއެވެ.
ފުރިހަމަ ކުރަންޖެހޭ ކްލާސް އަދި ގްރޫޕްތައް (ޕްރޮގްރާމް)
ކްލާހުގެ ނަން | އަދަދު |
ޖަސްޓް ފޯ ޓުޑޭ ގްރޫޕް ( ކޮންމެ ދުވަހަކަށް ކަނޑައަޅާ ޝިޢާރަކަށް ގްރޫޕްގައި މަޝްވަރާކުރުން) | 12 |
ރިލެޕްސް ޕްރިވެންޝަން ކްލާސް | 06 |
ރިއެންޓްރީ ހެނދުނުގެ ގްރޫޕް ( ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި ) | 12 |
ރީ. އެންޓްރީ ރޭގަޑުގެ ގްރޫޕް (ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ) | 12 |
ގްރޫޕް ކައުންސެލިން (ސްޓެޓިކް ގްރޫޕް) | 02 |
ޑްރަގް އެޑިޔުކޭޝަން އެންޑް އެވެއަރނަސް | 02 |
ބައިވެރިވާންޖެހޭ އެހެނިހެން ޕްރޮގްރާމްތައް
މީގެ އިތުރުން ކޮންމެ ހަފްތާއަކު 01 ފަހަރު ކައުންސިލަރ އާއި ބައްދަލުކުރަންޖެހޭނެއެވެ. އަދި ރެސިޑެންޓުންނަށް އަމާޒުކޮށްގެން ހިންގޭ ފްރޮގްރާމްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭންވާނެއެވެ. އަދި ގްރޫޕްމޭކަރގެ ޒިންމާގެ އިތުރުން ދުވަހުގެ އެސްއޯޑީގެ ބެކަޕް ” ރީއެންޓްރީ ބެކަޕް” ގެ ޒިންމާ އަދާކުރަން ވާނެއެވެ.
ފިޔަވަހި ބަދަލުވުން
ފިޔަވަހި ބަދަލުވާނީ އަންނަނިވި ކަންތައް ފުރިހަމަ ކުރުމުންނެވެ.
- ފަރުވާއަށް އެއްބާރުލުން ދިނުން
- މަސްތުވާތަކެއްޗަށް ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުން
- ކުލާސްތަކަށް ޙާޒިރުވާން ޖެހޭ އަދަދަށް ޙާޒިރުވުން
ސެމިނަރ | އަދަދު |
ދީނީ ސެމިނަރ ( މަދުވެގެން ) އިސްލާމީ ޙަޟާރަތް ، އިސްލާމްދީނުގެ ނަޒަރުގައި އިންސާނީ ޙައްޤުތައް) | 08 |
ހެލްތު ސެމިނަރ ( މީގެ ތެރޭގައި ފައިދާހުރި ކާނާގެ މުހިންމުކަން، ދުންފަތުން ލިބޭ ގެއްލުން، ހެލްދީ ލައިފްސްޓައިލް) | 04 |
ކޮމިއުނިކޭޝަން | 01 |
ލީޑަރޝިޕް | 01 |
އެސަރޓިވްނެސް | 01 |
ޕްރޮބްލަމް ސޯލްވިންގ | 01 |
ޑިޒިޝަން މޭކިންގ | 01 |
ޓީމް ބިލްޑިންގ | 01 |
ރިލޭޝަންޝިޕް ބިލްޑިންގ | 01 |
ވެލިއުސް | 01 |
މަނީ މެނޭޖްމަންޓް | 01 |
ޕިއަރ ޕްރެޝަރ | 01 |
ގޯލް ސެޓިންގ | 01 |
ޓައިމް މެނޭޖްމަންޓް | 01 |
އިމޯޝަނަލް މެނޭޖްމަންޓް | 01 |
ސްޓޭޖަސް އޮފް ޖޭންޗް | 01 |
ސެލްފް އެވެއަރނަސް | 01 |
ލޮސް އެންޑް ގްރީފް | 01 |