ކޮމިއުނިޓީ ސާރވިސް ސެންޓަރ
ތަޢާރަފް
ކޮމިއުނިޓީ ސަރވިސް ސެންޓަރަކީ، ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ދެވޭ ފަރުވާ ނުވަތަ ރެސިޑެންޝަލް ފަރުވާ ނުވަތަ ހާފްވޭ ހައުސްގައި ހިންގޭ ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް އާފްޓަރ ކެއަރގެ ޚިދުމަތް ދިނުމާއި އިންޑިކޭޓިވް އެސެސްމަންޓަށްފަހު ކޮމިއުނިޓީ ފަރުވާއަށް ފޮނުވޭ މީހުންނަށް ބޭނުންވާ ފަރުވާ ދީ މުޖުތަމަޢަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި އުފައްދާފައިވާ މަރުކަޒެކެވެ.
މައިގަނޑު މަސައްކަތް
ކޮމިއުނިޓީ ސަރވިސް ސެންޓަރުން ކުރާ މައިގަނޑު މަސައްކަތަކީ، ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ދެވޭ ފަރުވާ ނުވަތަ ރެސިޑެންޝަލް ފަރުވާ ނުވަތަ ހާފްވޭ ހައުސްގައި ހިންގޭ ޕްރޮގުރާމް ފުރިހަމަކުރުމަށްފަހު މުޖުތަމަޢަށް ދޫކުރެވޭ މީހުންނަށް އާފްޓަރކެއަރގެ ޚިދުމަތް ފޯރުވައިދިނުމެވެ.
ފަރުވާގައި ބައިވެރިވުމުގެ ޝަރުޠު
ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ ޕުރޮގުރާމެއްގައި ބައިވެރިވެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
(1) ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރެއް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހާ؛
(2) އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، ކޮމިއުނިޓީ ސަރވިސް ސެންޓަރެއްގެ ފަރުވާ ދިނުމަށް ފެންނަކަމަށް އެސެސްމަންޓަކަށް ފަހު އެ އެސެސްމަންޓުގައި ކަނޑައަޅާފައިވާ މީހުން.
ފަރުވާގެ މުއްދަތު
(1) ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ މުއްދަތު ބިނާވާންވާނީ އެސެންޓަރެއްގައި ކުރިއަށް ގެންދެވޭ ފަރުވާގެ ބާވަތުގެ މައްޗަށެވެ.
(2) އާފްޓަރކެއަރގެ ކޮންމެ ޕުރޮގްރާމެއް ކުރިއަށް ގެންދިއަކަމުގައި ވިއަސް، އެ ޕުރޮގުރާމަކީ، މަދުވެގެން 3 (ތިނެއް) މަހުގެ ޕުރޮގުރާމަކަށް ވާންޖެހޭނެއެވެ.