SWITCH TO ENGLISH

15 ނޮވެމްބަރ 2016 ވަނަ ދުވަހު “ވޯރކްޝޮޕް އޮން ސްޓާފް ކޮމްޕިޓެންސީ” ގެ ނަމުގައި ޕްރޮގްރާމްއެއް ބާއްވައިފި!

15 ނޮވެންބަރު, 2016

މިވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށާއި ސެންޓަރުތައް ހިންގުމުގެ ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރުކުރުވުމާއި، އެކިއެކި މަރުކަޒުތައް ހިންގުމުގައި ހުރި ތަފާތުތައް ހިއްސާކުރުމާއި، އެކިއެކި މަރުކަޒުތައް ހިންގުމަށް ކަނޑައެޅި އެކުލަވާލެވިފައިވާ އިޖުރާއުތަކުގެ ސަބަބުން އަންނަ ކުރިއެރުމާއި އަދި ދިމާވާދަތިތައް ދެނެގަތުމެވެ. މި މަސައްކަތު ބައްދަލުވުމުގައި 20 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި މިއެޖެންސީގެ ދަށުން ހިންގާ ހުރިހާ ސެންޓަރުތަކުގެ އިސް ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. މިބައްދަލުވުމުމަކީ 1 (އެކެއް) ދުވަހުގެ މުއްދަތައް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސެޝަން ނަންގަވައި ދެއްވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޞިލް އަޒްލީން އަހުމަދު އާއި މިއެޖެންސީގެ ބޯޑުގެ ޗެއަރމަން ޑރ. އަލީ ޝާހިދު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.