SWITCH TO ENGLISH

ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ދީނީ ދަރުސެއް ބާއްވައިފި

26 ފެބުރުއަރީ, 2017

24 ފެބްރުއަރީ 2017 ވަނަ ދުވަހު ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ދީނީ ދަރުސެއް ބާއްވައިފިއެވެ. ” އިންސާނާގެ މަތިވެރިކަން” އަދި ތަޢުބާވުމުގެ މައްޗަށް އަލިއަޅުވާލެވުނު މިދަރުސް ދެއްވާފައިވަނީ ސަލަފު ޖަމްޢިއްޔާގެ ފަރާތުން އަބްދުއްސަލާމް ދާވޫދެވެ. ޖަމްޢިއްޔަތުއް ސަލަފާއި ގާރޑިއަން އެސޯސިއޭޝަނާއި ގުޅިގެން ފުވައްމުލަކު ސެންޓަރުގައި ކުރިއަށް ގެންދެވުނު މިދަރުސްގައި މިސެންޓަރުގެ ޑިޓޮކްސިފިކޭޝަން ފަރުވާ ނަގަމުންދާ ކްލައިންޓުންނާއި ކޮމިއުނިޓީ ފަރުވާ ނަގަމުންދާ ކްލައިންޓުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ. މިގޮތުން މިދަރުސްގައި ސެންޓަރުން 25 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ފާއިތުވި ދުވަސްތަކުގައިވެސް ޖަމްޢިއްޔަތުއް ސަލަފާއި ގާރޑިއަން އެސޯސިއޭޝަނުން ވަނީ މިސެންޓަރުގައި މިފަދަ ދަރުސްތަކެއް ކުރިއަށް ގެންދަވާފައެވެ.