SWITCH TO ENGLISH

ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ސްކޫލް ބޭސްޑް ޕްރޮގްރާމް ފަށައިފި

18 މެއި, 2016

ޓީޗަރުންނަށް ޚާއްސަކޮށްގެން ހިންގާ ސްކޫލް ބޭސްޑް ޕްރޮގްރާމް 17 މެއި 2016 ވީ އަންގާރަ ދުވަހު ފަށައިފިއެވެ. 05 ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާ މިޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ސަބަބުން ފުރާވަރު ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ ގެއްލުންތަކާއި މަސްތުވާތަކެއްޗަށް މީހަކު ގޮސްދާނެކަމަށް ބެލެވޭ ނިޝާންތައް ފާހަގަކުރާ ގޮތްތައް އަންގައިދިނުމާއި ސައިންސް އޮފް އެޑިކްޝަން ކިޔައިދިނުން އަދި ސްކޫލް މާހައުލާއި ގުޅޭ ގޮތަށް އެވިޑެންސް ބޭސްޑް ޕްރިވެންޝަން އިންޓަރވެންޝަނެއްގެ މުހިއްމުކަން އަންގައި ދިނުމެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މާލޭގެ 09 ސްކޫލަކުން ހޮވާލެވޭ ލީޑިންގ ޓީޗަރުން، ޓީޗަރުން، ހެލްސް އެސިސްޓެންޓުން އަދި ކައުންސިލަރުން ހިމެނޭ ގޮތަށް 25 ބައިވެރިންނަށެވެ. މިފުރުޞަތުގައި ޢަރަބިއްޔާ ސްކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި، ޑްރަގް ކޯޓާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއަރމަން އަދި ފަރުދީ ޙައިސިއްޔަތުން އެހީތެރިވި ފަރާތްތައްވެސް ފާހަނގަކޮށް އެހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.