ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ / ހދ. ހަނިމައިދޫ
ތައާރަފް
ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މަސްތުވާތަކެތި ބޭނުންކުރާ މީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ޙިއްޞުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވިހައިން އޭނާ ސަލާމަތްކުރުމަށް ޞިއްޙީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ.
މަރުކަޒުގެ ފަރުވާގެ ޕްރޮގްރާމްގައި ހިމެނޭ ބައިތައް:
މިމަރުކަޒުގައި ހިންގޭ ފަރުވާގެ ޕްރޮގްރާމުގައި ހިމެނޭ ބައިތައް ތިރީގައިއެވަނީއެވެ
(ހ) ސިމްޓޮމެޓިކް މެޑިކަލް ޑިޓޮކްސްފިކޭޝަން ޓްރީޓްމަންޓް (ހަށިގަނޑުން ފެންނަށް އަލާމާތްތަކަށް ބަލައި ދެވޭޞިއްޙީ ފަރުވާ)
(ށ) މޯޓިވޭޝަނަލް ކައުންސެލިންގ
(ނ) ސެލްފް ހެލްޕް ގްރޫޕް
(ރ) ފެމިލީ ކައުންސެލިންގ
(ބ) ކޮމިއުނިޓީ ފަރުވާގެ ހިދުމަތް ދިނުން (3 މަސް / 6 މަސް)
ފަރުވާގެ މުއްދަތު
ކޮމިނިޓީ ފަރުވާގެ މުއްދަތަކީ 3 މަހާއި 6 މަހުގެ މުއްދަތެކެވެ. އެނޫން ފަރުވާގެ މުއްދަތަކީ 14 ދުވަހާއި 21 ދުވަހެވެ.