SWITCH TO ENGLISH

”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބާއްވައިފި

12 ފެބުރުއަރީ, 2018

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ޕްރޮގްރާމްގެ ދަށުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 11 ފެބްރުވަރީ 2018 ވަނަ ދުވަހު ބޭއްވިއްޖެއެވެ. އެ ކޯޕަރޭޝަނުން ސިނާއީ ސަރަހައްދުގައި އަލަށް އިމާރާތް ކުރަމުންދާ އޮފީސް އިމާރާތުގައި ކުރިއަށް ދިޔަ މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ 2 ގަޑިއިރަށެވެ. އެ ކޯޕަރޭޝަންގެ ގްރައުންޑް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔުމުގައި މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ.