SWITCH TO ENGLISH

”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

23 ޖަނަވަރީ, 2018

”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ގެ ނަމުގައި 23 ޖަނަވަރީ 2018 ވަނަ ދުވަހު، ދިވެހިބަހުގެ އެކެޑަމީގެ މުވައްޒަފުންނަށް ސެޝަނެއް ކުރިއަށް ގެންދެވިއްޖެއެވެ. މި ސެޝަން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ، މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކޮށް، ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސެޝަން އެކެެވެ.