
ސައިކޮލޮޖީ ވޯރކްސޮޕް ފޯ ކޯރޕަރޭޓް އެފެއަރޒްގެ މަޢުލޫމާތު ޝެޝަނެއް އެން.ޑީ.އޭ ގައި ބޭއްވުން
16 އޮގަސްޓު, 2017
“ސައިކޮލޮޖީ ވޯރކްސޮޕް ފޯ ކޯޕަރޭޓް އެފެއަރޒް”ގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް 2017 އޯގަސްޓް 14 ވަނަ ދުވަހުގެ 11:30ގައި އެން.ޑީ.އޭގެ ޓްރޭނިންގ ހޯލްގައި ވަނީ ބޭއްވިފައެވެ. މި ސެޝަނަކީ ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓާއި މިއެޖެންސީ އާއި ގުޅިގެން އެން.ޑީ.އޭ އަދި ހާފްވޭހައުސް މުވައްޒަފުންނަށް އަމާޒުކުރެވިގެން ބޭއްވުނު ސެޝަނެކެވެ. މި ޝެޝަންގައި މަޢުލޫމާތު ދެއްވީ ކޮލޮމްބޯ އިންސްޓިޓިޔުޓް އޮފް ރިސަރޗް އެންޑް ސައިކޮލޮޖީގެ ޕްރޮފެސަރ ސްރީ ކަންޑިއަރ އެވެ.