SWITCH TO ENGLISH

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންނަށް އެން.ޑީ.އޭގެ ޙިދުމަތްތަކާއި ބެހޭ މަޢުލޫމާތު ދިނުން

16 ޖަނަވަރީ, 2017

2017 ފެބުރުއަރީ 02ވަނަ ދުވަހުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވާ ދަރިވަރުންނަށް މިއެޖެންސީގެ ޙިދުމަތްތަކާއި އަދި ދެވޭ ފަރުވާގެ މަޢުލޫމާތު ދެވުނެވެ. މި މަޢުލޫމާތުގެ ތެރޭގައި މިވަތުގު މިއެޖެންސީގެ ދަށުން ފަރުވާ ދެވޭ ގޮތްތަކާއި އަދި ފަރުވާއަށް އާދެވޭ ގޮތްތަކުގެ މައުލޫމާތު ދެވުނެވެ. އަދި މިއެޖެންސީގެ ސެންޓަރުތައް ކަމުގައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ. ހިންމަފުށި) ހާފްވޭ ހައުސް ( ހުޅުމާލެ) އަދި ކޮމިއުނިޓީ ސާރވިސް ސެންޓަރ (މާލެ) އާއި މި ސެންޓަރުތަކުން ދެވޭ ފަރުވާގެ ބާވަތްތަކާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދެވުނެވެ. އަދި މިއެޖެންސީއިން ހާސިލް ކުރެވުނު ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ މިއެޖެންސީގެ ސީ.އީ.އޯ ހަސަން ޝަހީލު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް އަދި ސޯޝަލް ސާރވިސް ވޯކަރ ފާތިމަތު ފަޒުނާއެވެ.