SWITCH TO ENGLISH

މީޑިއާ ޕްރިވެންޝަން ޕްރޮގްރާމްގެ ބައިވެރިންނަށް ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ދައްކާލައިފި

15 އޮގަސްޓު, 2016

13 އޯގަސްޓް 2016 ވަނަ ދުވަހު ޕްރިވެންޝަން ސެކްޝަނުން އިންތިޒާމް ކުރި މީޑިއާ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން، 2016 އޯގަސްޓް 14 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުންނަ ރެސިޑެންޝަލް ފަރުވާދޭ މަރުކަޒު، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް (ޑީޓީއާރުސީ) މީޑިއާގެ ބައިވެރިންނާއި އެކު ފަރުވާ ހިނގަމުންދާ ގޮތާއި އަދި މިހާރު ސެންޓަރުގައި ލިބެން ހުރި ޚިދުމަތްތައް ބަލާލުމަށްޓަކައި ޒިޔާރަތްކުރެވިފައިވެއެވެ.