SWITCH TO ENGLISH

މި އޭޖެންސީގެ މުވައްޒަފުންނަށް އަމާޒްކޮށްގެން “އިންޓްރޮޑަކްޓަރީ މީޑިއާ ޓްރޭނިންގ” ޕްރޮގްރާމެއް ހިންގައިފި

02 ޑިސެންބަރު, 2020

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މި އޭޖެންސީ ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “އިންޓްރޮޑަކްޓަރީ މީޑިއާ ޓްރޭނިންގ”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މޫކައި ސުއިޓްސްގައި އިއްޔެ އިންތިޒާމުކުރެވުނު މި ޕްރޮގްރާމަކީ ކައިމޫ ރިޒޯޓްސް އެންޑް ހޮޓެލްސްއާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ދިވެހިބަހުގެ އެކެޑަމީއާއި ކްލިކް ކޮލެޖްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެން.ޑީ.އޭގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް ޢަބްދުލް ޙަމީދެވެ.

ޖުމްލަ 11 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ވިލަރެސްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު ރަޝީދާއި މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އަލްފާޟިލް އިބްރާހީމް މުޙައްމަދެވެ. ސެޝަންތައް ނަންގަވައިދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލާ މަރިޔަމް ވަހީދާއާއި، އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޙުސައިން ފިޔާޒް މޫސާއާއި، ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީ އަދި ކްލިކް ކޮލެޖްގެ ބިޒްނަސް ޑެވަލޮޕްމަންޓް މެނޭޖަރ އަލްފާޟިލް މުޙައްމަދު ރޯޝަންއެވެ.

ބައިވެރިންނަށް މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި އިންޓަވިއު ދިނުމުގެ ހަމަތަކާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި، ދިވެހިބަހުގެ ގަވާއިދުގެ އިތުރުން ޑިޖިޓަލް މާކެޓިންގ ހިމެނެއެވެ.

މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިޙެވެ.