SWITCH TO ENGLISH

މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ފަރުވާދޭ މަރުކަޒުތައް ސާފުކޮށްފި

15 މެއި, 2016

މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތައް ގުޅިގެން 14 މެއި 2016 ވީ ހޮނިހިރު ދުވަހު ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގިފައެވެ. މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން މަދިރީގެ ސަބަބުން ޖެހޭ އެކިއެކި ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް މިއެޖެންސީ އިންވެސް ކަމާބެހޭ މުޢައްޞަސާތަކަށް އެއްބާރުލުންދިނުމެވެ. 
މިގޮތުން ސާފުކުރުމުގެ ޕްރޮގްރާމަށް މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިންގާ ހުރިހާ ސެންޓަރުތަކެއްގެ މުވައްޒަފުންގެ އެއްބާރުލުމާއި ތަރުޙީބު ލިބިފައިވާކަން މިފުރުސަތުގައި ފާހަނގަކޮށްލަމެވެ.