SWITCH TO ENGLISH

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭއްވިއްޖެ

20 ފެބުރުއަރީ, 2018

ފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭއްވިއްޖެއެވެ. އެ ކޯޕަރޭޝަންގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާ 22 މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ، އެޗް.ޑީ.ސީ ބިލްޑިންގ ގެ އެގްޒިބިޝަން ހޯލްގައެވެ. 20 ފެބްރުވަރީ 2018 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި މަޢުލޫމާތު ދެއްވީ، މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަންގައި މަސައްކަތްކުރައްވާ ކަމާއި ގުޅުން ހުރި ފަންނީ ފެސިލިޓޭޓަރުންނެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައިދެވިފައިވެއެވެ.