SWITCH TO ENGLISH

އެސްޓީއޯ އިން ނޭޝަނަލް ޑްރަގް އޭޖެންސީގެ ތަމްރީނުތަކަށް ތަކެތި ފޯރުކޮށްދީފި!

25 ޖޫން, 2016

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ހެޑްއޮފީހުގައި 25 ޖޫން 2016 ވީ ހޮނިހިރު ދުވަހު ވަނީ އެސް.ޓީ.އޯ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. މިއެމްއޯޔޫއަކީ މިއެޖެންސީއިން ހިންގާ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާ ތަކެތި އެސްޓީއޯ އިން އެންޑީއޭ އަށް ފޯރުކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައިނަލަގްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅުވައިގެން ސޮއިކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުގެ މުއްދަތަށް ވެވުނު މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު އެވެ. އަދި އެންޑިއޭގެ ފަރާތުން ސޮއި ކުރެއްވީ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް އެވެ.