SWITCH TO ENGLISH

އެންޓި ޑްރަގް އެމްބެސެޑަރ، ޢިމްރާން މުޙައްމަދު ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

17 ފެބުރުއަރީ, 2016

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީއިން ކަނޑައަޅާފައިވާ އެންޓި ޑްރަގް އެމްބެސެޑަރ، ޢިމްރާން މުޙައްމަދު ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތްތަކާއި ޕްރޮގްރާމްތައް ހިނގާ ނުހިނގާ ގޮތް އަދި ސެންޓަރުގެ އެހެނިހެން ކަންތައްތައް ބައްލަވައިލެއްވުމަށާއި ފަރުވާ ހޯދަމުންދާ ކްލައިންޓުންނާއި ބައްދަލުކުރެއްވުމަށް 13 ފެބްރުއަރީ 2016 ވީ ހޮނިހިރުދުވަހު އެސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މިދަތުރުގައި ޢިމްރާން އެސެންޓަރުގެ ފަރުވާގެ އެކިއެކި މަރުޙަލާތައް ކުރިއަށްދާގޮތާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.