SWITCH TO ENGLISH

އާސަންދައާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި ދެމެދު ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި އެމްއޯޔޫ އެއްގައި ސޮއިކޮށްފި

23 ޖޫން, 2016

ގަގަން ކްލިނިކްއާއި އާސަންދަ އާއި ދެމެދު ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި އެމްއޯޔޫ އެއްގައި 23 ޖޫން 2016 ވީ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުން އެކުލަވާލުމުގެ މަޤްޞަދަކީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ފަރުވާ ހޯދާ ފަރާތްތަކަށް ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ބޭސްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިއެޖެންސީގެ ދަށުން ހިންގަމުން ގެންދާ ގަގަން ކްލިނިކްއިން، އާސަންދަ ސްކީމްގެ ދަށުން ޕްރިސްކްރިޕްޝަން ދޫކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ.