SWITCH TO ENGLISH

ކިއްސަރު ޖޮބްފެއަރގައި ނޭޝަނަލް ޑްރަގް އޭޖެންސީ އިން ބައިވެރިވެއްޖެ

22 ފެބުރުއަރީ, 2016

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ކެރިއަރ ގައިޑެންސް ސެންޓަރ އިން 19-20 ފެބްރުއަރީ 2016 ގައި ފަޒީފާ ނެތިފައި ތިބި ޒުވާނުންނާއި ސާނަވީ ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން “ކިއްސަރު” ނަމުގައި އައްޑޫ ސިޓީގައި ބޭއްވި ޖޮބްފެއަރގައި ނޭޝަނަލް ޑްރަގް އޭޖެންސީ އިން ސްޓޯލެއް ބަހައްޓައި ވަޒީފާ އަދާކުރެވޭނެ ދާއިރާތަކާއި މިވަގުތު މިއެޖެންސީއަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚިޔާރުކުރެވޭނެ ކޯސްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާއި ދެމެދު ގުޅުންބަދަހިކުރެވޭނެގޮތްތަކާއިމެދު މިޖޮބްފެއަރގައި މަޢުލޫމާތު ދެވިފައިވެއެވެ.