SWITCH TO ENGLISH

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަނގަކޮށްފި!

27 ޖޫން, 2016

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ނޭޝަނަލް ޑްރަގް އޭޖެންސީއިން ފާހަނގަކޮށްފިއެވެ. ދުވަހާއި ގުޅިގެން ބޭއްވުނު ރަސްމީ ޖަލްސާ އޮތީ 26 ޖޫން 2016 ވީ އާދީއްތަ ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެކްލޯ) ހޯލުގައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ޝަރަފުވެރި މެހުމާން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ހޯދޭނީ އިސްލާމީ ރިވެތި އަޚުލާޤަށް ރުޖޫޢަވެގެންނެވެ.