SWITCH TO ENGLISH

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭގޮތުން އެން.ޑީ.އޭ ގެ މުވައްޒަފުންނަށް މަޢުލޫމާތު ދީފި

30 މާރިޗު, 2016

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު (30 މާރޗް 2016) ގައި މިއެޖެންސީގެ ޓްރެއިނިންގ ހޯލްގައި ބޭއްވުނެވެ. މިސެޝަންގައި މުވައްޒަފުންނަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ. މޯލްޑިވްސް ޕެންޝަން އޮފީހުގެ ކަމާބެހޭ މުވައްޒަފުން މަޢުލޫމާތު ދެއްވި މިސެޝަންގައި މިއެޖެންސީގެ މުވައްޒަފުންގެ އިތުރުން ހާފްވޭ ހައުސްގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.