SWITCH TO ENGLISH

ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތަށްތަކާއި ބެހޭގޮތުން ވީ.އެފް.އެމްގެ “ޙިދުމަތުގެ ތެރެއިން” ެ ޕްރޮގްރާމްގައި މަޢުޟޫމާތު ދީފި!

27 ފެބުރުއަރީ, 2017

ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތްތަކާއި ބެހޭގޮތުން ވީ.އެފް.އެމްގެ ޕްރޮގްރާމް “ޙިދުމަތުގެ ތެރެއިން” ގައި މަޢުޟޫމާތު ދީފިއެވެ. މިޕްރޮގްރާމްގައި ނޭޝަނަލް ޑްރަގް އޭޖެންސީ އަކީ ކޮބައިކަމާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތްތަކާއި މަސްތުވާ ތަކެތި ބޭނުން ކުރާ ކުދިންނަށްދެވޭ ފަރުވާއާއި ބެހޭގޮތުން މަޢުޟޫމާތު ޙިއްސާ ކުރެވިފައިވެއެވެ. އިތުރު މަޢުޟޫމާތު ސާފް ކުރައްވަން ބޭނުންފުޅުނަމަ ހެލްޕްލައިން 1410 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށާއި، މިނަންބަރަކީ 24 ގަޑިއިރަށް ޙިދުމަތްދެވޭ ނަންބަރެއްކަމަށެވެ. އަދި މުޖުތަމައު މަސްތުވާ ތަކެތިން ސަލާމަތް ކުރުމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، އެހީއަށް އެދިގެން އަންނަ ފަރާތްތަކަށް އަބަދުވެސް ނޭޝަނަލް ޑްރަގް އޭޖެންސީގެ ދޮރު ހުޅުވާލެވިފައިވާކަން ފާޙަގަކޮށްލަމެވެ.