
ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
19 އޮކްޓޫބަރު, 2016
ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންގެ ތެރެއިން ޙައްޖަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހައިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ “މުވައްޒަފުންގެ ސްކީމްގައި” ބައިވެރިކުރުވުމުގެ މަޤްސަދުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން މުއްޒަފުންނަށް އެމް.އެޗް.ސީ.އެލްގެ މެމްބަރެއްގެ ގޮތުގައި ފަސޭހައިން ރަޖިސްޓްރީވެ މުސާރައިން މަހުންމަހަށް އުނިކުރެވެމުންގޮސް ޙައްޖުގެ އަގު ހަމަވުމަށް ފަހު ޙައްޖު އަޅުކަން ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.