SWITCH TO ENGLISH

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ހިމަބިހި ނައްތާލުމަށް ހިންގޭ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ

01 މާރިޗު, 2017

ވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 26 ފެބްރުއަރީ 2017 އިން 11 މާރޗް 2017 އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަވާ އެމް.އާރު ވެކްސިން ދިނުމުގެ ކެމްޕޭން ގައި 28 ފެބުރުއަރީ 2017 ދުވަހު ނޭޝަނަލް ޑްރަގް އޭޖެންސީން ބައިވެރިވެ ވެކްސިން ދިނުން ކުރިޔަށް ގެންދެވިފައިވެއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓަވާދެއްވާފައިވަނީ އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލާ އައިޝަތު ރަމީލާއާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސާރ ހަސަން ޝަހީލެވެ. ޢުމުރުން 15 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ހިންގޭ ޤައުމީ މި ކެމްޕެއިންގައި ބައިވެރިވެ ނޭޝަނަލް ޑްރަގް އޭޖެންސީގެ 6 މުޢައްޒަފަކާ އަދި އެތަނުން ފަރުވާހޯދަމުންދާ 30 ކްލަޔަންޓުން ހިމަބިހި އަދި ރުބެއްލާ ހިމެނޭ އެމް.އާރު ވެކްސިން ދީފައިވެއެވެ.