SWITCH TO ENGLISH

ނޭޝަނަލް ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ލައިފް ސްކިލް ޓްރެއިނިން ހިންގުން

08 ފެބުރުއަރީ, 2018

2018 ޖަނަވަރީ 28 އިން 2018 ފެބްރުވަރީ 08 ވަނަ ދުވަހަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި ހިންގުނު ލައިފް ސްކިލް ޓްރެއިނިންގެ އަމާޒަކީ ކައުންސެލަރުން ލައިފް ސްކިލް ޓްރެއިނިން އިން ސެޓިފައިވުމާއިއެކު ލައިފް ސްކިލްއާއި ބެހޭ މަޢުލޫމާތު އަދި ޤާބިލިއްޔަތުކަން ލިބިފައިވާ މުވައްޒަފުންނަށް ހެދުމުގެ ގޮތުން ބޭއްވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވީ 10 ކައުންސެލަރުންނާއި 02 އެޑްމިން ސްޓާފުންނެވެ. ދެ ހަފްތާގެ މުއްދަތަށް ބަހާއިލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ބައިވެރިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން މަޢުލޫމާތު ސެޝަންތަކާއިއެކު އަމަލީގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މި ޕްރޮގްރާމްގެ ބައިވެރިން ފާހަގަކޮށްފައިވަނީ މި ފުރުސަތަކީ މިހާރަށްްވުރެ އިތުރަށް އަމިއްލަ ހުނަރު ތަރައްގީ ކުރުމަށް ލިބުނު ފުރުސަތެއް ކަމުގައެވެ.