ފުރަތަމަ ސަފުހާ

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީއިން ޖަލްސާއެއް ބާއްވައިފި

2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މިއަދު ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ.

Image

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ބޭއްވިއްޖެ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސިލްސިލާ ޕްރޮގްރާމްގެ ދަށުން މިނިސްޓްރީ އޮފް ޓްއަރިޒަމްގެ މުވައްޒަފުންނަށް އަމާޒުކޮށް ސެޝަނެއް ކުރިއަށް ގެންދެވިއްޖެއެވެ. މަޢުލޫމާތު ދިނުމުގެ މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ އެ މިނިސްޓްރީގެ މީޓިންގ ރޫމްގައި 28 މާރޗް 2018 ވަނަ ދުވަހުގައެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

Image

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ދެ އޮފީހަކަށް ބޭއްވިއްޖެ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސިލްސިލާ ޕްރޮގްރާމްގެ ދަށުން ދެ އޮފީހަކަށް ސެޝަން ކުރިއަށް ގެންދެވިއްޖެއެވެ. މިގޮތުން ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ މުވައްޒަފުންނަށާއި، މޯލްޑިވްސް އިމިގްރޭޝަން ގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށެވެ. އެންސްޕާގެ މުވައްޒަފުންނަށް ސެޝަން ކުރިއަށް ގެންދެވިފައިވަނީ އެ އެޖެންސީގެ މީޓިންގ ރޫމްގައި 11 މާރޗް 2018 ވަނަ ދުވަހުގައެވެ އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ސެޝަން ކުރިއަށް ގެންދެވިފައިވަނީ ހުރަވީ ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައި ހުންނަ އެކްސްޕެޓްރިއޭޓް ސަރވިސްދޭ ބައިގެ މީޓިންގ ރޫމްގައި 12 މާރޗް 2018 ވަނަ ދުވަހުގައެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

Image

ސްކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމްގެ ނިމުން ފާހަގަ ކޮށްފި!

ސްކޫލް ކުދީން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މި އޭޖެންސީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ''އުޖާލާ ކުރިމަގު'' ގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ''ސްކޫލް ބޭސްޑް ޕްރިވެންޝަން'' ޓްރެއިނިންގ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފިއެވެ. ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ 4 ވަނަ ބުރުގެ ނިންމުމުގެ ޙަފްލާ ބޭއްވިފައިވަނީ 8 މާރޗް 2018 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމްގައެވެ. އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޝަރަފްވެރިކޮށް ދެއްވި މި ޙަފްލާގައި މި އޭޖެންސީގެ ސީ.އީ.އޯ ޙަސަން ޝަހީލް އާއި ޕްރިވެންޝަން އެންޑް ޓްރީޓްމަންޓް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Image

ސްކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް ފެށިއްޖެ

ސްކޫލް ކުދީން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މި އޭޖެންސީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ''އުޖާލާ ކުރިމަގު'' ގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ''ސްކޫލް ބޭސްޑް ޕްރިވެންޝަން'' ޓްރެއިނިންގ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް، 05 މާރޗް 2018 ވަނަ ދުވަހު ފެށިއްޖެއެވެ. ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގައި މިހާތަނަށް 03 ޕްރޮގްރާމެއް ބޭއްވިފައިވެއެވެ.

Image

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ބޭއްވިއްޖެ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ސިލްސިލާ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭއްވިއްޖެއެވެ. ކަސްޓަމްސް ބިލްޑިންގ ގެ މީރު ބަހުރު މާލަމްގައި 1 މާރޗް 2018 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ކުރިއަށް ގެންދެވުނު މި ސެޝަންގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އެކި ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

Image

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ދެ މުއައްސަސާއެއްގެ މުވައްޒަފުންނަށް ބޭއްވިއްޖެ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ސިލްސިލާ ޕްރޮގްރާމްގެ ދަށުން ދެ މުއައްސަސާއެއްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކުރިއަށް ގެންދެވިފައިވެއެވެ. 27 ފެބްރުވަރީ 2018 ވަނަ ދުވަހު ދެ ދަންފަޅި އަކަށް ބަހާލައިގެން ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ފެމެލީ ކޯޓްގެ މުވައްޒަފުންނަށެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދެވިފައިވަނީ އެ ކޮމިޝަން ގައެވެ. އަދި ފެމެލީ ކޯޓްގެ ސެޝަން ވެސް ކުރިއަށް ގެންދެވިފައިވަނީ އެ ކޯޓްގެ ކޮންފަރެންސް ހޯލްގައެވެ. ސެޝަންތަކުގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

Image

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭއްވިއްޖެ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭއްވިއްޖެއެވެ. އެ ކޯޕަރޭޝަންގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާ 22 މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ، އެޗް.ޑީ.ސީ ބިލްޑިންގ ގެ އެގްޒިބިޝަން ހޯލްގައެވެ. 20 ފެބްރުވަރީ 2018 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި މަޢުލޫމާތު ދެއްވީ، މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަންގައި މަސައްކަތްކުރައްވާ ކަމާއި ގުޅުން ހުރި ފަންނީ ފެސިލިޓޭޓަރުންނެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައިދެވިފައިވެއެވެ.

Image

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ބޭއްވިއްޖ

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ (އެމް. ޕީ. އެލް) މުވައްޒަފުންނަށް ބޭއްވިއްޖެއެވެ. އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާ 40 މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ، އެ ކުންފުނީގެ ހެޑް އޮފީސް، ޕޯޓްސް ބިލްޑިންގ ގެ ބަނދަރު މާލަމްގައެވެ. 18 ފެބްރުވަރީ 2018 ވަނަ ދުވަހުގެ މެންދުރުފަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މި އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލް ބައިވެރިވެވަޑައިގެންނެވިއެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވާ، ކަމާއި ގުޅުން ހުރި މަޢުލޫމާތު ދެވިފައިވެއެވެ.

Image

އެމް ޓީ ސީ ސީ ގެ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަނެއް ބޭއްވިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕލކ ގެ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަނެއް 15 ފެބްރުވަރީ 2018 ވަނަ ދުވަހު ބޭއްވިއްޖެއެވެ. އެމް ޓީ ސީ ސީ ޓަވަރުގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ދިޔަ މި ސެޝަންގައި، އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ގިނަ ސުވާލުތަކަށް ޖަވާބުދީ، ގިނަ މަޢުލޫމާތުތަކެއް އޮޅުންފިލުވާ، ކަމާއި ގުޅުން ހުރި މަޢުލޫމާތު ދެވިފައިވެއެވެ.

Image

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ނިމިއްޖ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ (އެސް ޓީ އޯ) މުވައްޒަފުންނަށް ބޭއްވި ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، 13 ފެބްރުވަރީ 2018 ވަނަ ދުވަހު ނިމިއްޖެއެވެ. މާބުލް ހޮޓެލްގެ ރާނީ މާލަމްގައި ކުރިއަށް ދިޔަ މި ސެޝަންގައި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރުން ފެށިގެން ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ. ބައިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔަ، މި ސެޝަންގެ ބައިވެރިން ގިނަ މަޢުލޫމާތުތަކެއް އޮޅުންފިލުވާ، ކަމާއި ގުޅުން ހުރި މަޢުލޫމާތު ލިބިގަނެފައިވެއެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ލައިފް ސްކިލް ޓްރެއިނިން ހިންގުން

2018 ޖަނަވަރީ 28 އިން 2018 ފެބްރުވަރީ 08 ވަނަ ދުވަހަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި ހިންގުނު ލައިފް ސްކިލް ޓްރެއިނިންގެ އަމާޒަކީ ކައުންސެލަރުން ލައިފް ސްކިލް ޓްރެއިނިން އިން ސެޓިފައިވުމާއިއެކު ލައިފް ސްކިލްއާއި ބެހޭ މަޢުލޫމާތު އަދި ޤާބިލިއްޔަތުކަން ލިބިފައިވާ މުވައްޒަފުންނަށް ހެދުމުގެ ގޮތުން ބޭއްވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވީ 10 ކައުންސެލަރުންނާއި 02 އެޑްމިން ސްޓާފުންނެވެ. ދެ ހަފްތާގެ މުއްދަތަށް ބަހާއިލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ބައިވެރިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން މަޢުލޫމާތު ސެޝަންތަކާއިއެކު އަމަލީގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މި ޕްރޮގްރާމްގެ ބައިވެރިން ފާހަގަކޮށްފައިވަނީ މި ފުރުސަތަކީ މިހާރަށްްވުރެ އިތުރަށް އަމިއްލަ ހުނަރު ތަރައްގީ ކުރުމަށް ލިބުނު ފުރުސަތެއް ކަމުގައެވެ.

Image

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބާއްވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ޕްރޮގްރާމްގެ ދަށުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 11 ފެބްރުވަރީ 2018 ވަނަ ދުވަހު ބޭއްވިއްޖެއެވެ. އެ ކޯޕަރޭޝަނުން ސިނާއީ ސަރަހައްދުގައި އަލަށް އިމާރާތް ކުރަމުންދާ އޮފީސް އިމާރާތުގައި ކުރިއަށް ދިޔަ މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ 2 ގަޑިއިރަށެވެ. އެ ކޯޕަރޭޝަންގެ ގްރައުންޑް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔުމުގައި މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ.

Image

ހުޅުމާލޭ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ހިންގި ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، ނިމިއްޖެ

ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭއްވި ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، 07 ފެބްރުވަރީ 2018 ވަނަ ދުވަހު ނިމިއްޖެއެވެ. އެ ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ދިޔަ މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ 2 ގަޑިއިރަށެވެ. އެ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންވެސް ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔުމުގައި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ.

Image

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން، ހެލްތް މިނިސްޓްރީގައި ބޭއްވިއްޖެ.

މިނިސްޓްރީ އޮފް ހެލްތްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަނެއް 05 ފެބްރުވަރީ 2018 ވަނަ ދުވަހު ކުރިއަށް ގެންދެވިފައިވެއެވެ. އެ މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން ބައެއް އިދާރާތަކުގެ މުވައްޒަފުންވެސް ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔައީ މި ސެޝަން ބޭއްވިފައިވަނީ އެ މިނިސްޓްރީގެ ކޮންފަރެންސް ހޯލްގައެވެ.

Image

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ގެ ނަމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގައި އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން ބޭއްވުނީ 1 ފެބްރުއަރީ 2018 ވަނަ ދުވަހުއެވެ. މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުން ކުރިއަށް ގެންދިޔަ މި ސެޝަން ބޭއްވިފައިވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގައެވެ. އަދި 31 ޖެނުއަރީ 2018 ވީދުވަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މުވައްޒިފުންނަށް ބޭއްވުނު ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގައެވެ.

Image

މި އޭޖެންސީ އާއި ސިނަމޮން ދޮންވެލި މޯލްޑިވްސް އާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުން

މި އޭޖެންސީ އާއި ސިނަމޮން ދޮންވެލި މޯލްޑިވްސް ސޮއިކުރެވުނު ފަހުމުނާމާ އަކީ "ސްޓާފް އެމްޕްލޯއިމަންޓް ޕްރޮޖެކްޓް" ގެ ދަށުން ސޮއިކުރެވުނު ފާހުމުނާމާ އެކެވެ. މި ފަހުމުނާމާގެ ދަށުން އެން.ޑީ.އޭގައި 1 އަހަރު ދުވަހު 2 މުވައްޒަފަކު މަސައްކަތްކުރުމުގެ އުޖޫރަ އެފަރާތުން ސްޕޮންސަރ ކޮށްދެއްވާގޮތަށް އެއްބަސްވެވިފައެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 2018 ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ. ސިނަމޮން ދޮންވެލި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މރ. ނަލިންޑަ ލިޔަނަގެ އެވެ. މި އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ މިއޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު އަޒްލީން އާއި މި އޭޖެންސީގެ އިސްވެރިން އަދި ސިނަމޮން ދޮންވެލި މޯލްޑިވްސް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Image

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ގެ ނަމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ޖުވެނައިލް ޖަސްޓިސް ޔުނިޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން އެއް މިއަދު ބާއްވައިފިއެވެ. މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުން ކުރިއަށް ގެންދިޔަ މި ސެޝަން ބޭއްވިފައިވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގައެވެ.

Image

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ގެ ނަމުގައި 23 ޖަނަވަރީ 2018 ވަނަ ދުވަހު، ދިވެހިބަހުގެ އެކެޑަމީގެ މުވައްޒަފުންނަށް ސެޝަނެއް ކުރިއަށް ގެންދެވިއްޖެއެވެ. މި ސެޝަން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ، މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކޮށް، ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސެޝަން އެކެެވެ.

Image

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް މުވައްޒަފުންނަށް ސެޝަންއެއް ބޭއްވުން

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމަށާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން 2018 ވަނަ އަހަރު މިހާތަނަށް ދެ އިދާރާއަކަށް ހިންގިފައިވެއެވެ. އެއީ؛ އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށެވެ.

Image

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީސް މުވައްޒަފުންނަށް ސެޝަންއެއް ބޭއްވުން

މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމަށާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ''ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން'' ސެޝަން 2018 ވަނަ އަހަރު މިހާތަނަށް ދެ އިދާރާއަކަށް ހިންގިފައިވެއެވެ. އެއީ؛ އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށެވެ.

Image

ޔޫ.އެސް އެމްބަސީގެ އޮފިޝަލުން އެން ޑީ އޭ އަށް ޒިޔާރަތް ކުރުން

ޔޫ.އެސް. އެމްބަސީ އިން ރާއްޖެ ވަޑައިގެން އުޅުއްވާ އޮފިޝަލުންނާއި އެން.ޑީ.އޭގެ އިސްވެރީން 26 ސެޕްޓެމްބާރ 2017 ވަނަދުވަހު ބައްދަލް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޔޫ. އެސް. އެމްބަސީ ގެ ފަރާތުން ޑިރެކްޓާރ، އިންފޮމޭޝަން ސަޕޯރޓް ޓީމް މިސް. ކެލީ ޖޮންގ އާއި އަދި އިތުރު ތިން އޮފިޝަލުން ބައިވެރިވެ ވަޑައި ގަތެވެ. އެން. ޑީ. އޭގެ ފަރާތުން މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ލެއްވީ އެން ޑީ އޭ ބޯރޑްގެ ޗެއާރމަން ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި، ޒިންމާދާރުވެރިޔާ އަދި ސީ. އީ. އޯގެ ޒިންމާތަކާ ވަގުތީގެ ގޮތުން ހަވާލްވެ ހުންނެވި ޑިޕެޔުޓީ ޑިރެކްޓާރ ޖެނެރަލް އަބުއްދުއްޞަމަދު އަބުދުއްރަހުމާނާއި ޑެޕިޔުޓީ ޑިރެކްޓާރ ޖެނެރަލް މުހައްމަދު ރަމީޒު އެވެ. މި ބައްދަލް ކުރެއްވުމުގައި އެން ޑީ އޭ އިން ދެވޭ ފަރުވާގެ ޕްރޮގްރާމްތަކާ އަދި އެންޑީ އިން ހިންގާ މަރުކަޒުތަކާ ގުޅޭ ކުރު ޕްރެޒެންޓޭޝަން އެން ޑީ އޭ ބޯރޑްގެ ޗެއާރ ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.

Image

ސައިކޮލޮޖީ ވޯރކްސޮޕް ފޯ ކޯރޕަރޭޓް އެފެއަރޒްގެ މަޢުލޫމާތު ޝެޝަނެއް އެން.ޑީ.އޭ ގައި ބޭއްވުން

"ސައިކޮލޮޖީ ވޯރކްސޮޕް ފޯ ކޯޕަރޭޓް އެފެއަރޒް"ގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް 2017 އޯގަސްޓް 14 ވަނަ ދުވަހުގެ 11:30ގައި އެން.ޑީ.އޭގެ ޓްރޭނިންގ ހޯލްގައި ވަނީ ބޭއްވިފައެވެ. މި ސެޝަނަކީ ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓާއި މިއެޖެންސީ އާއި ގުޅިގެން އެން.ޑީ.އޭ އަދި ހާފްވޭހައުސް މުވައްޒަފުންނަށް އަމާޒުކުރެވިގެން ބޭއްވުނު ސެޝަނެކެވެ. މި ޝެޝަންގައި މަޢުލޫމާތު ދެއްވީ ކޮލޮމްބޯ އިންސްޓިޓިޔުޓް އޮފް ރިސަރޗް އެންޑް ސައިކޮލޮޖީގެ ޕްރޮފެސަރ ސްރީ ކަންޑިއަރ އެވެ.

Image

"ލައިފް ސްކިލްސް އެންޑް ޑްރަގް އެޑިއުކޭޝަން" މައުލޫމާތު ދިނުމުގެ ސެޝަން

ޒުވާނުންނަށް އަމާޒުކޮށްގެން ނޭޝަނަލް ޑްރަގް އޭޖެންސީއިން "ލައިފް ސްކިލްސް އެންޑް ޑްރަގް އެޑިއުކޭޝަން" މައުލޫމާތު ދިނުމުގެ ސެޝަންއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ބައިވެރިވުމަށް: http://tiny.cc/youthreg

Image

ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީއިން ޖަލްސާއެއް ބާއްވައިފި

2017 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު 9:00 ގައި ކަސްޓަމްސް ބިލްޑިންގ މީރުބަހުރު މާލަމުގައެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި، އެކަމުން ސަލާމަތްވެގެން މުޖުތަމަޢަށް ނުކުންނަ ފަރާތްތައް ބަލައިގަނެ، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ދިނުމަކީ، އެފަދަ ފަރާތްތަކަށް ސަލާމަތުން ތިބުމަށް ލިބޭނެ ފުރުޞަތެއްކަމުގައެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހުމަކީ ބުއްދި ތަޣައްޔަރުވެ، ވަށާލެވިގެންވާ އެހެން ކުށްތަކުގެ ޝިކާރައަކަށް މީހާ ބަދަލުކޮށްލާ ކަމެއްކަމުގައެވެ. އެހެންކަމުން ޤައުމީގޮތުންނާއި ދީނީ ގޮތުން މަސްތުގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Image

2017މޭ 11 އަދި 14 ވަނަ ދުވަހު "ޑިވެލޮޕިންގ ސިނާޖީ އެންޑް ކޮމިއުނިކޭޝަން" ޕްރޮގްރާމް އެން.ޑީ.އޭ ގައި ބާއްވައިފި!

ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ގުޅިގެން ހަރުދަނާގޮތެއްގައި މަސައްކަތްކުރުމުގެ ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލްސްސަރވިސް ޓްރެއިނިނގް އިންސްޓިޓުޔުޓާއި ގުޅިގެން 2017 މޭ 11 އަދި 14 ވަނަ ދުވަހު"ޑިވެލޮޕިންގ ސިނާޖީ އެންޑް މޯޓިވޭޝަން" އާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެން.ޑީ.އޭގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.

Image

2017 އޭޕްރީލް 27ވަނަ ދުވަހު "ޑިވެލޮޕިންގ ސިނާޖީ އެންޑް މޯޓިވޭޝަން" ޕްރޮގްރާމް ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގައި ބާއްވައިފި!

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ގުޅިގެން ހަރުދަނާގޮތެއްގައި މަސައްކަތްކުރުމުގެ ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލްސްސަރވިސް ޓްރެއިނިނގް އިންސްޓިޓުޔުޓާއި ގުޅިގެން 2017 އޭޕްރީލް 27 ވަނަ ދުވަހު"ޑިވެލޮޕިންގ ސިނާޖީ އެންޑް މޯޓިވޭޝަން" އާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ޑީ.ޓީ.އާރ.ސީގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ހިމަބިހި ނައްތާލުމަށް ހިންގޭ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ

ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 26 ފެބްރުއަރީ 2017 އިން 11 މާރޗް 2017 އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަވާ އެމް.އާރު ވެކްސިން ދިނުމުގެ ކެމްޕޭން ގައި 28 ފެބުރުއަރީ 2017 ދުވަހު ނޭޝަނަލް ޑްރަގް އޭޖެންސީން ބައިވެރިވެ ވެކްސިން ދިނުން ކުރިޔަށް ގެންދެވިފައިވެއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓަވާދެއްވާފައިވަނީ އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލާ އައިޝަތު ރަމީލާއާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސާރ ހަސަން ޝަހީލެވެ. ޢުމުރުން 15 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ހިންގޭ ޤައުމީ މި ކެމްޕެއިންގައި ބައިވެރިވެ ނޭޝަނަލް ޑްރަގް އޭޖެންސީގެ 6 މުޢައްޒަފަކާ އަދި އެތަނުން ފަރުވާހޯދަމުންދާ 30 ކްލަޔަންޓުން ހިމަބިހި އަދި ރުބެއްލާ ހިމެނޭ އެމް.އާރު ވެކްސިން ދީފައިވެއެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތަށްތަކާއި ބެހޭގޮތުން ވީ.އެފް.އެމްގެ "ޙިދުމަތުގެ ތެރެއިން" ެ ޕްރޮގްރާމްގައި މަޢުޟޫމާތު ދީފި!

ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތްތަކާއި ބެހޭގޮތުން ވީ.އެފް.އެމްގެ ޕްރޮގްރާމް "ޙިދުމަތުގެ ތެރެއިން" ގައި މަޢުޟޫމާތު ދީފިއެވެ. މިޕްރޮގްރާމްގައި ނޭޝަނަލް ޑްރަގް އޭޖެންސީ އަކީ ކޮބައިކަމާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ޙިދުމަތްތަކާއި މަސްތުވާ ތަކެތި ބޭނުން ކުރާ ކުދިންނަށްދެވޭ ފަރުވާއާއި ބެހޭގޮތުން މަޢުޟޫމާތު ޙިއްސާ ކުރެވިފައިވެއެވެ. އިތުރު މަޢުޟޫމާތު ސާފް ކުރައްވަން ބޭނުންފުޅުނަމަ ހެލްޕްލައިން 1410 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށާއި، މިނަންބަރަކީ 24 ގަޑިއިރަށް ޙިދުމަތްދެވޭ ނަންބަރެއްކަމަށެވެ. އަދި މުޖުތަމައު މަސްތުވާ ތަކެތިން ސަލާމަތް ކުރުމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، އެހީއަށް އެދިގެން އަންނަ ފަރާތްތަކަށް އަބަދުވެސް ނޭޝަނަލް ޑްރަގް އޭޖެންސީގެ ދޮރު ހުޅުވާލެވިފައިވާކަން ފާޙަގަކޮށްލަމެވެ.

Image

ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ދީނީ ދަރުސެއް ބާއްވައިފި

24 ފެބްރުއަރީ 2017 ވަނަ ދުވަހު ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ދީނީ ދަރުސެއް ބާއްވައިފިއެވެ. " އިންސާނާގެ މަތިވެރިކަން" އަދި ތަޢުބާވުމުގެ މައްޗަށް އަލިއަޅުވާލެވުނު މިދަރުސް ދެއްވާފައިވަނީ ސަލަފު ޖަމްޢިއްޔާގެ ފަރާތުން އަބްދުއްސަލާމް ދާވޫދެވެ. ޖަމްޢިއްޔަތުއް ސަލަފާއި ގާރޑިއަން އެސޯސިއޭޝަނާއި ގުޅިގެން ފުވައްމުލަކު ސެންޓަރުގައި ކުރިއަށް ގެންދެވުނު މިދަރުސްގައި މިސެންޓަރުގެ ޑިޓޮކްސިފިކޭޝަން ފަރުވާ ނަގަމުންދާ ކްލައިންޓުންނާއި ކޮމިއުނިޓީ ފަރުވާ ނަގަމުންދާ ކްލައިންޓުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ. މިގޮތުން މިދަރުސްގައި ސެންޓަރުން 25 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ފާއިތުވި ދުވަސްތަކުގައިވެސް ޖަމްޢިއްޔަތުއް ސަލަފާއި ގާރޑިއަން އެސޯސިއޭޝަނުން ވަނީ މިސެންޓަރުގައި މިފަދަ ދަރުސްތަކެއް ކުރިއަށް ގެންދަވާފައެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ބައިވެރިވެއްޖެ!

ނޭޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތަކާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކޮށް ، އެންޑީއޭގެ ފަރުވާގެ ފުރުޞަތުތަކާއި ބެހޭގޮތުން ވީހާވެސް ގިނަބަޔަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި 08.02.2017 ވަނަ ދުވަހުގެރޭގެ 09:00 ގައި ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި އެންޑީއޭގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

Image

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންނަށް އެން.ޑީ.އޭގެ ޙިދުމަތްތަކާއި ބެހޭ މަޢުލޫމާތު ދިނުން

2017 ފެބުރުއަރީ 02ވަނަ ދުވަހުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވާ ދަރިވަރުންނަށް މިއެޖެންސީގެ ޙިދުމަތްތަކާއި އަދި ދެވޭ ފަރުވާގެ މަޢުލޫމާތު ދެވުނެވެ. މި މަޢުލޫމާތުގެ ތެރޭގައި މިވަތުގު މިއެޖެންސީގެ ދަށުން ފަރުވާ ދެވޭ ގޮތްތަކާއި އަދި ފަރުވާއަށް އާދެވޭ ގޮތްތަކުގެ މައުލޫމާތު ދެވުނެވެ. އަދި މިއެޖެންސީގެ ސެންޓަރުތައް ކަމުގައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ. ހިންމަފުށި) ހާފްވޭ ހައުސް ( ހުޅުމާލެ) އަދި ކޮމިއުނިޓީ ސާރވިސް ސެންޓަރ (މާލެ) އާއި މި ސެންޓަރުތަކުން ދެވޭ ފަރުވާގެ ބާވަތްތަކާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދެވުނެވެ. އަދި މިއެޖެންސީއިން ހާސިލް ކުރެވުނު ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ މިއެޖެންސީގެ ސީ.އީ.އޯ ހަސަން ޝަހީލު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް އަދި ސޯޝަލް ސާރވިސް ވޯކަރ ފާތިމަތު ފަޒުނާއެވެ.

Image

އެންޑީއޭ އިން ނަގާ 1 (އެކެއް) މުވައްޒަފުގެ އުޖޫރަ ޕެންޝަން އޮފީހުން ސްޕޮންސަރ ކުރަނީ!

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ނަގާ 1 (އެކެއް) މުވައްޒަފުގެ އުޖޫރަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ސްޕޮންސަރ ކުރުމާއި ގުޅޭގޮތުން 12 ޖެނުއަރީ 2017 ވީ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެެެވިފައެވެ.

Image

2016 ޑިސެމްބަރ 12-13 އަށް "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" ޕްރޮގްރާމް ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގައި ބާއްވައިފި!

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގެ މުވައްޒަފުންނަށް ހިންގުމުގެ ދާއިރާއިން ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލްސްސަރވިސް ޓްރެއިނިނގް އިންސްޓިޓުޔުޓާއި ގުޅިގެން 2016 ޑިސެމްބަރ 13-12 އަށް "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" އާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ޑީ.ޓީ.އާރ.ސީގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.

Image

15 ނޮވެމްބަރ 2016 ވަނަ ދުވަހު "ވޯރކްޝޮޕް އޮން ސްޓާފް ކޮމްޕިޓެންސީ" ގެ ނަމުގައި ޕްރޮގްރާމްއެއް ބާއްވައިފި!

މިވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށާއި ސެންޓަރުތައް ހިންގުމުގެ ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރުކުރުވުމާއި، އެކިއެކި މަރުކަޒުތައް ހިންގުމުގައި ހުރި ތަފާތުތައް ހިއްސާކުރުމާއި، އެކިއެކި މަރުކަޒުތައް ހިންގުމަށް ކަނޑައެޅި އެކުލަވާލެވިފައިވާ އިޖުރާއުތަކުގެ ސަބަބުން އަންނަ ކުރިއެރުމާއި އަދި ދިމާވާދަތިތައް ދެނެގަތުމެވެ. މި މަސައްކަތު ބައްދަލުވުމުގައި 20 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި މިއެޖެންސީގެ ދަށުން ހިންގާ ހުރިހާ ސެންޓަރުތަކުގެ އިސް ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. މިބައްދަލުވުމުމަކީ 1 (އެކެއް) ދުވަހުގެ މުއްދަތައް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސެޝަން ނަންގަވައި ދެއްވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޞިލް އަޒްލީން އަހުމަދު އާއި މިއެޖެންސީގެ ބޯޑުގެ ޗެއަރމަން ޑރ. އަލީ ޝާހިދު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.

Image

ވޯލްޑް ނޯޓޮބޭކޯ ޑޭގެ ޚާއްޞަ އެވޯޑު ނޭޝަނަލް ޑްރަގް އޭޖެންސީއަށް ލިބިއްޖެ!

ދުނިޔޭގެ ޞިއްހަތު ދުވަހާއި ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ ރީޖަނަލް އޮފީސް ފޮރ ސައުތް އީސްޓް އޭސިއާ އިން ދެއްވާ ޚާއްޞަ އެވޯޑް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ލިބިއްޖެއެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގެ އެއްބަސްވުމުގައި ސޮއިކޮށްފި!

ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންގެ ތެރެއިން ޙައްޖަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހައިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމްގައި" ބައިވެރިކުރުވުމުގެ މަޤްސަދުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން މުއްޒަފުންނަށް އެމް.އެޗް.ސީ.އެލްގެ މެމްބަރެއްގެ ގޮތުގައި ފަސޭހައިން ރަޖިސްޓްރީވެ މުސާރައިން މަހުންމަހަށް އުނިކުރެވެމުންގޮސް ޙައްޖުގެ އަގު ހަމަވުމަށް ފަހު ޙައްޖު އަޅުކަން ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Image

"ޑްރަގް އެޑިކްޝަން އެންޑް ލައިފް ސްކިލް (ޓީ.އޯ.ޓީ)" ގެ ނަމުގައި ލ. ގަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި!

މި އޭޖެންސީ އާއި ގަމު ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްގެން ''ޑްރަގް އެޑިކްޝަން އެންޑް ލައިފް ސްކިލް (ޓީ.އޯ.ޓީ) ޕްރޮގްރާމްގެ ނަމުގައި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި 15 އޮކްޓޯބަރ 2016 ވީ ހޮނިހިރު ދުވަހު ފަށައިފިއެވެ.

Image

ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''ސްކޫލް ބޭސްޑް ޕްރިވެންޝަން'' ޓްރެއިނިންގ ވޯކްޝޮޕްގެ 2 ވަނަ ބުރު ނިމިއްޖެ!

ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ސްކޫލް ކުދިން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުން ޓްރެއިން ކުރުމުގެ 2 ވަނަ ޓްރެއިނިންގ ވޯކްޝޮޕް '' ސްކޫލް ބޭސްޑް ޕްރިވެންޝަން'' ޕްރޮގްރާމް 25 އޯގަސްޓް 2016 ވީ ބުރާސްފަތި ދުވަހު ވަނީ ނިމިފައެވެ. 21 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ވޯކްޝޮޕް ބޭއްވިފައިވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. މި ޕްރޮގްރާމް ޑިޒައިން ކޮށްފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ އިން ދެވެންހުރި ފަރުވާއާއި ބެހޭގޮތުންނާއި ސްކޫލް މާހައުލުގައި ކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަދި މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކަންކުރާނެ ގޮތުގެ މައްޗަށެވެ. އަދި މީގެ އިތުރުން ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމް އިން ހޮވާލެވިފައިވާ މޮޑިއުލްތަކުގެ ބައިތަކުގެ މައްޗަށެވެ.

Image

މީޑިއާ ޕްރިވެންޝަން ޕްރޮގްރާމްގެ ބައިވެރިންނަށް ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ދައްކާލައިފި!

13 އޯގަސްޓް 2016 ވަނަ ދުވަހު ޕްރިވެންޝަން ސެކްޝަނުން އިންތިޒާމް ކުރި މީޑިއާ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން، 2016 އޯގަސްޓް 14 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުންނަ ރެސިޑެންޝަލް ފަރުވާދޭ މަރުކަޒު، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް (ޑީޓީއާރުސީ) މީޑިއާގެ ބައިވެރިންނާއި އެކު ފަރުވާ ހިނގަމުންދާ ގޮތާއި އަދި މިހާރު ސެންޓަރުގައި ލިބެން ހުރި ޚިދުމަތްތައް ބަލާލުމަށްޓަކައި ޒިޔާރަތްކުރެވިފައިވެއެވެ.

Image

މީޑިއާއަށް ޢަމާޒުކޮށްގެން މީޑިއާ ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމެއް ހިންގައިފި!

މީޑިއާތަކަށް އަމާޒުކޮށްގެން ހިންގުނު މީޑިއާގެ ފަރާތްތަކަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގޭ މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުން ''މީޑިއާ ބޭސްޑް ޕްރިވެންޝަން އިންޓަރވެންޝަން'' މަސައްކަތު ބައްދަލުވުން ބޭއްވުނީ 13 އޯގަސްޓް 2016 ވީ އާދީއްތަ ދުވަހު، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޓްރޭނިންގ ހޯލްގައެވެ. މި މަސައްކަތު ބައްދަލުވުމަކީ، 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މަސައްކަތު ބައްދަލުވުމެކެވެ.

Image

ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި!

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ސޮއިކުރެއްވުމުގެ ރަސްމިއްޔާތު 19 ޖުލައި 2016 ވީ އަންގާރަ ދުވަހު މިއެޖެންސީގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި މި އެޖޭންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލްއާއި މި އެޖޭންސީގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއާއި، ކޮމިޝަނުގެ މެމްބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

Image

"އާރު" ޕްރޮގްރާމަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި!

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ޢާއިލާތަކަށް ޚާއްޞަކުރައްވައިގެން ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ "އާރު" ޕްރޮގްރާމަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ޖާރނީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ސޮއިކުރައްވައިފިއެވެ.

Image

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަނގަކޮށްފި!

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ނޭޝަނަލް ޑްރަގް އޭޖެންސީއިން ފާހަނގަކޮށްފިއެވެ. ދުވަހާއި ގުޅިގެން ބޭއްވުނު ރަސްމީ ޖަލްސާ އޮތީ 26 ޖޫން 2016 ވީ އާދީއްތަ ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެކްލޯ) ހޯލުގައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ޝަރަފުވެރި މެހުމާން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ހޯދޭނީ އިސްލާމީ ރިވެތި އަޚުލާޤަށް ރުޖޫޢަވެގެންނެވެ.

Image

އެސްޓީއޯ އިން ނޭޝަނަލް ޑްރަގް އޭޖެންސީގެ ތަމްރީނުތަކަށް ތަކެތި ފޯރުކޮށްދީފި!

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ހެޑްއޮފީހުގައި 25 ޖޫން 2016 ވީ ހޮނިހިރު ދުވަހު ވަނީ އެސް.ޓީ.އޯ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. މިއެމްއޯޔޫއަކީ މިއެޖެންސީއިން ހިންގާ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާ ތަކެތި އެސްޓީއޯ އިން އެންޑީއޭ އަށް ފޯރުކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައިނަލަގްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅުވައިގެން ސޮއިކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުގެ މުއްދަތަށް ވެވުނު މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު އެވެ. އަދި އެންޑިއޭގެ ފަރާތުން ސޮއި ކުރެއްވީ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް އެވެ.

Image

އާސަންދައާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި ދެމެދު ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި އެމްއޯޔޫ އެއްގައި ސޮއިކޮށްފި!

ގަގަން ކްލިނިކްއާއި އާސަންދަ އާއި ދެމެދު ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި އެމްއޯޔޫ އެއްގައި 23 ޖޫން 2016 ވީ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުން އެކުލަވާލުމުގެ މަޤްޞަދަކީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ފަރުވާ ހޯދާ ފަރާތްތަކަށް ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ބޭސްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިއެޖެންސީގެ ދަށުން ހިންގަމުން ގެންދާ ގަގަން ކްލިނިކްއިން، އާސަންދަ ސްކީމްގެ ދަށުން ޕްރިސްކްރިޕްޝަން ދޫކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ.

Image

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމްކޮށްފި!

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 2011/17 ގެ 47ވަނަ މާއްދާގެ ހ ގައި،ނޭޝަނަލް ޑްރަގް އޭޖެންސީއިން އުފައްދާ ހިންގަންފެށުމަށް ބަޔާން ކޮށްފައިވާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މިއޭޖެންސީއިން 2 ޖޫން 2016 ވީ ބުރާސްފަތި ދުވަހު ވަނީ ޤާއިމްކޮށްފައެވެ.

2016 މޭ 08އިން 17އަށް "އެޑްވާންސް ޓައިމް މެނޭޖްމެންޓް" ޕްރޮގްރާމެއް ނޭޝަނަލް ޑްރަގް އޭޖެންސީގައި ބާއްވައިފި!

ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް އެންމެ ފައިދާހުރި އަދި ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓާއި ގުޅިގެން 2016 މޭ 08-17 އަށް " އެޑްވާންސް ޓައިމް މެނޭޖްމެންޓް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް އެން.ޑީ.އޭގެ ޓްރެއިނިންގ ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.

Image

ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ސްކޫލް ބޭސްޑް ޕްރޮގްރާމް ފަށައިފި!

ޓީޗަރުންނަށް ޚާއްސަކޮށްގެން ހިންގާ ސްކޫލް ބޭސްޑް ޕްރޮގްރާމް 17 މެއި 2016 ވީ އަންގާރަ ދުވަހު ފަށައިފިއެވެ. 05 ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާ މިޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ސަބަބުން ފުރާވަރު ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ ގެއްލުންތަކާއި މަސްތުވާތަކެއްޗަށް މީހަކު ގޮސްދާނެކަމަށް ބެލެވޭ ނިޝާންތައް ފާހަގަކުރާ ގޮތްތައް އަންގައިދިނުމާއި ސައިންސް އޮފް އެޑިކްޝަން ކިޔައިދިނުން އަދި ސްކޫލް މާހައުލާއި ގުޅޭ ގޮތަށް އެވިޑެންސް ބޭސްޑް ޕްރިވެންޝަން އިންޓަރވެންޝަނެއްގެ މުހިއްމުކަން އަންގައި ދިނުމެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މާލޭގެ 09 ސްކޫލަކުން ހޮވާލެވޭ ލީޑިންގ ޓީޗަރުން، ޓީޗަރުން، ހެލްސް އެސިސްޓެންޓުން އަދި ކައުންސިލަރުން ހިމެނޭ ގޮތަށް 25 ބައިވެރިންނަށެވެ. މިފުރުޞަތުގައި ޢަރަބިއްޔާ ސްކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި، ޑްރަގް ކޯޓާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއަރމަން އަދި ފަރުދީ ޙައިސިއްޔަތުން އެހީތެރިވި ފަރާތްތައްވެސް ފާހަނގަކޮށް އެހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

Image

މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ފަރުވާދޭ މަރުކަޒުތައް ސާފުކޮށްފި!

މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތައް ގުޅިގެން 14 މެއި 2016 ވީ ހޮނިހިރު ދުވަހު ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގިފައެވެ. މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން މަދިރީގެ ސަބަބުން ޖެހޭ އެކިއެކި ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް މިއެޖެންސީ އިންވެސް ކަމާބެހޭ މުޢައްޞަސާތަކަށް އެއްބާރުލުންދިނުމެވެ.

Image

ކ. ވިލިމާލޭގައި ހިންގަމުން ގެންދިޔަ ޑީޓޮކްސް ސެންޓަރު ކ. ހިންމަފުއްޓަށް ބަދަލުކޮށްފި

ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ކ. ވިލިމާލޭގައި ހިންގަމުން ގެންދިޔަ ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު ކ. ހިންމަފުށީގައި ހިންގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް 29 އޭޕްރިލް 2016 ވީ ހުކުރު ދުވަހުން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ. މިބަދަލު މިއެޖެންސީއިން ގެންނެވުމުގެ މައިގަނޑު ބޭނުމަކީ އެއްމެނޭޖްމަންޓެއްގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ލިބެން ހުރުމުން ފައިސާގެ ގޮތުންނާއި މަސައްކަތުގައި ބޭނުންކުރަންޖެހޭ މުވައްޒަފުންގެ ޢަދަދު މިހާރަށްވުރެ މަދުކުރެވިގެން ދާނެތީއެވެ. އަދި އެއްތަނަކުން ޚިދުމަތް ދެވެން ހުރުމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައިވެސް އެތައް ފަސޭހަތަކެއެ ލިބިގެން ދާނެތީއެވެ.

Image

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭ މަޢުލޫމާތު ޝެޝަނެއް ޑީ.ޓީ.އާރ.ސީ ގައި ބާއްވައިފި.

ރިޓަޔަރމެންޓް ޕެންޝަން ސްކީމް އާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 14 އޭޕްރިލް 2015ވީ ބުރާސްފަތިދުވަހުގެ 10:30ގައި ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގައި ވަނީ ބޭއްވިފައެވެ. މި ސެޝަނަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން ޑީ.ޓީ.އާރ.ސީގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކުރެވިގެން ބޭއްވުނު ސެޝަނެކެވެ. މި ޝެޝަންގައި މަޢުލޫމާތު ދެއްވީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ކަމާބެހޭ މުވައްޒަފުންނެވެ.

Image

ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރު ހިންގަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު ހިންގަން އާންމު ފަރާތަކަށް ޙަވާލުކުރުމުގެ ގޮތުން، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

Image

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭގޮތުން އެން.ޑީ.އޭ ގެ މުވައްޒަފުންނަށް މަޢުލޫމާތު ދީފި

ރިޓަޔަރމެންޓް ޕެންޝަން ސްކީމްއާއި ބެހޭގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު (30 މާރޗް 2016) ގައި މިއެޖެންސީގެ ޓްރެއިނިންގ ހޯލްގައި ބޭއްވުނެވެ. މިސެޝަންގައި މުވައްޒަފުންނަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ. މޯލްޑިވްސް ޕެންޝަން އޮފީހުގެ ކަމާބެހޭ މުވައްޒަފުން މަޢުލޫމާތު ދެއްވި މިސެޝަންގައި މިއެޖެންސީގެ މުވައްޒަފުންގެ އިތުރުން ހާފްވޭ ހައުސްގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Image

ޔޫ.ޕީ.ސީ ސީރީސް 1 އަށް ނޭޝަނަލް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ކޮލަމްބޯ ޕްލޭންއާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި ގުޅިގެން ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމް (ޔޫ.ޕީ.ސީ) ސީރީސް 1 އަށް ނޭޝަނަލް ޓްރެއިނަރުންގެ ގޮތުގައި މީހުން ތަމްރީން ކުރުމަށްޓަކައި 13 މާރޗް 2016 އިން 22 މާރޗް 2016 އަށް ވަނީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގިފައެވެ. ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމް ސީރީސް 1 ގައި ހިމެނެނީ 9 ކަރިކިއުލަމެވެ. މިގޮތުން ޓްރެއިނިންގގެ ބައިވެރިންވަނީ ފުރަތަމަ 2 ކަރިކިއުލަމް 2015 ވަނަ އަހަރުގެ އޮގަސްޓްމަހު ތެރޭގައި ފުރިހަމަކޮށްފައެވެ.

Image

ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުންނަށް އަލިފާނުގެ ހާދިޘާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މިއެޖެންސީގެ މުވައްޒަފުންނަށް އަލިފާނުގެ ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

Image

ކިއްސަރު ޖޮބްފެއަރގައި ނޭޝަނަލް ޑްރަގް އޭޖެންސީ އިން ބައިވެރިވެއްޖެ

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ކެރިއަރ ގައިޑެންސް ސެންޓަރ އިން 19-20 ފެބްރުއަރީ 2016 ގައި ފަޒީފާ ނެތިފައި ތިބި ޒުވާނުންނާއި ސާނަވީ ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން "ކިއްސަރު" ނަމުގައި އައްޑޫ ސިޓީގައި ބޭއްވި ޖޮބްފެއަރގައި ނޭޝަނަލް ޑްރަގް އޭޖެންސީ އިން ސްޓޯލެއް ބަހައްޓައި ވަޒީފާ އަދާކުރެވޭނެ ދާއިރާތަކާއި މިވަގުތު މިއެޖެންސީއަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚިޔާރުކުރެވޭނެ ކޯސްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާއި ދެމެދު ގުޅުންބަދަހިކުރެވޭނެގޮތްތަކާއިމެދު މިޖޮބްފެއަރގައި މަޢުލޫމާތު ދެވިފައިވެއެވެ.

Image

އެންޓި ޑްރަގް އެމްބެސެޑަރ، ޢިމްރާން މުޙައްމަދު ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީއިން ކަނޑައަޅާފައިވާ އެންޓި ޑްރަގް އެމްބެސެޑަރ، ޢިމްރާން މުޙައްމަދު ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތްތަކާއި ޕްރޮގްރާމްތައް ހިނގާ ނުހިނގާ ގޮތް އަދި ސެންޓަރުގެ އެހެނިހެން ކަންތައްތައް ބައްލަވައިލެއްވުމަށާއި ފަރުވާ ހޯދަމުންދާ ކްލައިންޓުންނާއި ބައްދަލުކުރެއްވުމަށް 13 ފެބްރުއަރީ 2016 ވީ ހޮނިހިރުދުވަހު އެސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މިދަތުރުގައި ޢިމްރާން އެސެންޓަރުގެ ފަރުވާގެ އެކިއެކި މަރުޙަލާތައް ކުރިއަށްދާގޮތާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.

Image

2015 ނޮވެމްބަރ 16އިން 25އަށް ބޭއްވުނު "ލައިފް ސްކިލްސް ފޯ ސްޓާފް-ޑިސިޕްލިން އެންޑް ސްޓާފް ޑިވެލޮޕްމެންޓް" ޕްރޮގްރާމް

ނޭޝަނަލް ޑްރަގް އެޖެންސީގެ އެޗް.އާރ ސެކްޝަން އާއި ޕްރިވެންޝަން ސެކްޝަނުން އިސްނަގައިގެން "ލައިފް ސްކިލްސް ފޯ ސްޓާފް-ޑިސިޕްލިން އެންޑް ސްޓާފް ޑިވެލޮޕްމެންޓް" ގެ ނަމުގައި މިއެޖެންސީގެ ސަޕޯރޓްސަރވިސް ޑިވިޝަން އާއި އެހެނިހެން ސެކްޝަންތަކުގެ އިދާރީ މަސައްކަތްކުރާމުވައްޒަފުންނަށް އަމާޒުކުރެވިގެން ޑްރަގް އެޑިޔުކޭޝަން އަދި ލައިފް ސްކިލްގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް 2015 ނޮވެމްބަރ 16 އިން 26އަށް އެން.ޑީ.އޭގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ. މި ސެޝަންތަކުގައި މި އެޖެންސީގެ 30 މުވައްޒަފުންނަށް ވަނީ މަޢުލޫމާތުދެވިފައެވެ.

Image

ހުޅުމާލޭގައި ހިންގާ އޮފީސްތަކާއި، ކުންފުނި އަދި އެހެނިހެން މުހިއްމު ޖަމިއްޔާތަކާއި ސްޓޭކްހޯލްޑަރުންނަށް މަސްތުވާތަކެއްޗާއި ގުޅުންހުރި ކަންކަމުގައި މިހާރު ހުރި ހުރަސް ތަކާއި ، ހައްލުކުރަން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ބޭއްވުނު މަސައްކަތު ބައްދަލުވުން

ޔުނިސެފްގެ އެހީތެރިކަމާއި އެކު މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ޖާރނީ ގުޅިގެން، ހުޅުމާލޭގައި ހިންގާ އޮފީސްތަކާއި، ކުންފުނި އަދި އެހެނިހެން މުހިއްމު ޖަމިއްޔާތަކާއި ސްޓޭކްހޯލްޑަރުންނަށް މަސްތުވާތަކެއްޗާއި ގުޅުންހުރި ކަންކަމުގައި މިހާރު ހުރި ހުރަސް ތަކާއި ،ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެއްދުވަހުގެ ބައްދަލުވުމެއްވަނީ ބޭއްވިފައެވެ.

2015 އޮކްޓޯބަރ 10-24އަށް ބޭއްވުނު "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" ޕްރޮގްރާމް

ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނަށް ހިންގުމުގެ ދާއިރާއިން ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލސްސަރވިސް ޓްރެއިނިނގް އިންސްޓިޓުޔުޓާއި ގުޅިގެން 2015 އޮކްޓޯބަރ 10-24 އަށް "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" އާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އެން.ޑީ.އޭގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު އަމިއްލަ ފަރާތަކާ ޙަވާލުކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު އަމިއްލަ ފަރާތަކާ ޙަވާލުކޮށްގެން ހިންގުމަށްޓަކައި، ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނޭޝަނަލް ޑްރަގް އެޖެންސީން އިއްޔެ ހުޅުވާލައިފިއެވެ. އެ އިޢުލާނާއި، ރިކުއެސްޓް ފޮރ ޕްްރޮޕޯޒަލް (އާރު.އެފް.ޕީ) މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މަސްތުވާތަކެތިން ސަލާމަތްވާ މީހުންނަށް އެހީވާ މަރުކަޒެއް "ހާފްވޭ ހައުސް" ގެ ނަމުގައި ހުޅުމާލޭގައި ހުޅުވައިފި

ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހާފްވޭ ހައުސް ގެ ނަމުގައި ހުޅުމާލޭގައި އައު މަރުކަޒެއް 15 ޖުލައި 2015 ވީ ބުދަ ދުވަހު ވަނީ ހުޅުވާފައެވެ. މިމަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އުމަރު ނަސީރެވެ. މި މަރުކަޒު ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދާ ނިންމުމަށްފަހު މުޖްތަމަޢަށް ނިކުތުމުގެ ކުރިން ބޭނުންވާ ހުނަރުތައް ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. ހާފްވޭ ހައުސްއެއް ގާއިމުކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.

Image

އޭ.ސީ.ސީ ޓްރެއިނިންގ، ކޮލޮމްބޯ ޕްލޭން (9 ޖޫން - 13 ޖޫން 2014)

09 ޖޫން – 13 ޖޫން 2014 އަށް ލަންކާގައި ކޮލޮމްބޯ ޕްލޭން ގެ ފަރާތުން ހިންގުނު އޭ.ސީ.ސީ.އީ ޓްރޭނިން ގައި މިއެޖެންސީގެ 09 ސްޓާފަކު ވަނީ ބައިވެރިވެފައެވެ. މި ޓްރޭނިންގ ގައި ކިޔަވާދެވުނު ބައިތަކަކީ ސްކްރީނިންގ އިންޓޭކް، އެސެސްމަންޓް، ޓްރީޓްމަންޓް ޕްލޭނިންގ ރެކޯޑް ކީޕިންގ އަދި ޑޮކިއުމެންޓޭޝަން ފޮރ އެޑިކްޝަން ޕްރޮފެޝަނަލްސް އެވެ.

Image